Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އައްޑު އަށް ގެންނަ ދެ ޖަނަރޭޓަރު މާލެ ގެނެސްފި

ހިތަދޫގައި ހުންނަ ފެނަކަ ސޭލްސް ސެންޓަރ.އައްޑޫލައިވް ފޮޓޯ: އައިޝަތު ނާޖީ

އައްޑޫގެ ކަރަންޓް ނެޓްވޯކް ރަނގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ގެންނަ ދެ މެގަ ވޯޓް ދެ ޖަނަރޭޓަރު އިއްޔެ މާލެ ގެނެސްފައިވާ ކަމަށް އިއްޔެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވި އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިއަދު ވިދާޅުވީ، އައްޑު އަށް ގެނައި ދެ ޖަނަރޭޓަރ ކަސްޓަމުން ކްލިއަވުމާ އެކު އައްޑު އަށް ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ.
ސްޓެލްކޯ މެދުވެރިކޮށް ގެނައި ދެ ޖަނަރޭޓަރު އައްޑު އަށް ގެނެސް އިންސްޓޯލް ކުރުމުން ކަރަންޓް ކެނޑުމަށް ދިމާވާ މައްސަލަ މުޅން ހައްލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ޖެހި ކަރަންޓް ކަނޑަމުން އަންނަތާ މިހާރު ހަފްތާއެއްހާ ދުވަސްވަނީ ވެފައެވެ.

ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް މީގެ ކުރިންވެސް އައްޑޫއަށް ދެ މެގަވޮޓް ދެ އިންޖީނު ގެނަ އެވެ.

ނަމަވެސް މިނިވަން 50 އާ ދިމާކޮށް އެ ދެ އިންޖީނު ވަނީ މާލެ ގެންގޮސްފަ އެވެ.