Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ތޫނު ހަތިޔާރު ގެންގުޅު ދެމީހެއްގެ މައްސަލަ ޕީޖީއަށް

މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތޫނު ހަތިޔާރު ގެންގުޅެ ޢާންމުމަސްލަހަތު ނަގާލަން މަސައްކަތްކުރި 2 މީހެއްގެ ފޮޓޯ/ ފޮޓޯ: ޕޮލިސް

އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތޫނު ހަތިޔާރު ގެންގުޅެ ޢާންމު މަސްލަހަތު ނަގާލަން އުޅުނު 2 މީހެއްގެ މައްސަލަ ތަހްގީގު ކޮށްނިންމައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ސ. ހިތަދޫ ހަވޭލި، މުޙައްމަދު ފަޒާލް (18އ) އާއި ސ. ހިތަދޫ ރެޑްއަމްލައިޓް، މުޙައްމަދު ޝިފާޒު (23އ) ގެ މައްޗަށެވެ.

މި ދެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2012 ނޮވެމްބަރ 26 ވަނަ ދުވަހުގެ ރޭ ދަންވަރު 00:00 ހާއިރު ސ. ހިތަދޫ މަގުތަކުގައި ޢާންމުގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތޫނު ހަތިޔާރު ހިފައިގެން އުޅެ ރަށުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރި މައްސަލައާއި ގުޅިގެންނެވެ.

މިމައްސަލަ ތަޙްޤީޤްކޮށް މިމައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި ޖެނުއަރީ މަހު 29 ވަނަ ދުވަހުއެވެ.