Last Updated: April 25, 06:02
Thursday, April 25, 2024
ވިޔަފާރި

"އީ-ހަބް" ގެ ނަސީބްވެރިއަކަށް އައިޝާ

ނަސީބުވެރިއަކަށް ހޮވުނު އައިޝާ މެދުގައި. ފޮޓޯ: އީހަބް

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ހިތަދޫ ބޮޑުމަގުގައި ހުޅުވި މޮބައިލް ފިހާރަ "އީ-ހަބް" ފޭސްބުކް ޕޭޖް ޝެއާކޮށްގެން ސެމްސަންގް ގެލެކްސީ އެސް 7 ފޯން ހިތަދޫ ޕެންރިތް އައިޝަތު އިބްރާހިމް (އައިޝާ)އަށް ގުރުއަތުން ލިބިއްޖެ އެވެ.

އައިޝާއަށް ނަސީބް ދިމާވީ އީ-ހަބް ފޭސްބުކް ޕޭޖް ޝެއާ ކުރި 3244 މީހުންގެ ތެރެއިން ނަސީބު ދިމާވެގެންނެވެ. އައިޝާ މިރޭ "އައްޑޫލައިވް"އަށް ބުނީ، ފޯނު ލިބުނުކަން އެނގުމުން ލިބުނީ ކުއްލި ސިހުމެއް ކަމަށާއި، އެ ހަބަރު އީ- ހަބުން ގުޅާފައި ދިނުމުން ގަބޫލެއް ނުކުރެވުނު ކަމަށެވެ.

ehub

"ކަރަންޓް ކެނޑުމުން އެންމެން ތިބީ ގޭގެ ބޭރުގައި ޖޯލީގައި، ތިއްބާ ކުއްލިއަކަށް ފޯނެއް އައީ، ދެން އެހަބަރު ލިބުމުން ނޭގުނު ބުނާނެ އެއްޗެއް، ކުއްލި ސިހުމެއް ލިބުނީ، ގަބޫލެއް ނުކުރެވުނު"

އައިޝާ ބުނީ ފުރަތަމަ ހީކުރީ، އެއީ މިހާރު ި ގުޅާކަހަލަ ފޯން ކޯލެއް ކަމަށެވެ.

"ފޭސްބުކްގައި ހުންނަ އެކަހަލަ އެއްޗެހި ވަރަށް ގިނައިން ޝެއާ ކުރަން، އެގޮތުން އީ-ހަބް ލިންކްވެސް ޝެއާ ކުރީ، އުއްމީދެއް ނުކުރަން ދިމާވާނެ ކަމަށް. ވަރަށް އުފަލުން މިހުރީ، އީ ހަބް މީހުން ވަރަށް ރަނގަޅު" އައިޝާ އުފަލުން ހުރެ "އައްޑޫލައިވް" އަށް ބުންޏެވެ.

"އީ-ހަބް"ގެ މެނޭޖްމަންޓުން ބުނީ، އެ ފިހާރައިގެ މަގްސަދަކީ، ކަސްޓަމަރުންނަށް، ވީހާވެސް އިތުބާރު ކުރެވޭ ގޮތަށް ކޮލެޓީ ތަކެތި ވިއްކުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ކަސްޓަމަރުންގެ އިތުބާރާއި އެކު ފެންވަރު ރަނގަޅު ސާވިސްއެއްދީ، ކޮލެޓީ ތަކެތި ފޯރުކޮށްދިނުން. މިއަދު ފޭސްބުކް ޕޭޖް ޝެއާކޮށްގެން ގުރުއަތުން ހޮވުނު ފަރާތަށް އަޅުގަނޑުމެން މި ހަވާލު ކުރީ 12،000ރުފިޔާގެ ފޯނެއް، ކުރިމަގުގައި ވެސް މިފަދަ އިތުބާރު ހިފޭ ޕްރޮމޯޝަން ކުރިއަށް ގެންދަން ރާވާފައި އޮތީ"

އީ-ހަބްއިން މޯބައިލް ފޯނު މަރާމާތު ކުރުމާއި، އެކު އެންމެ ފަހުގެ ފޯނު އަގުހެޔޮކޮށް ދަނީ ވިއްކަމުންނެވެ.