Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ހިތަދޫ ޕޯސްޓްއޮފީހަށް ލިބިފައި ހުރި ސާމާނުތަކެއް އޮޅިގެން އަންދާލައިފި

ހިތަދޫ ޕޯސްޓް އޮފީހަށް ލިބިފައި ހުރި ސާމާންތަކެއް އޮޅިގެން އަންދާލައިފިއެވެ.

އައްޑޫލައިވަަށް އެގިފައިވާ ގޮތުގައި ޕޯސްޓް އޮފީހަށް ލިބުނު ސާމާންތަކެއް އޮޅިގެން އަންދާލެވުނީ އެތަނުން ބޭރު ކުރާ ކުނި ތަކާއި އެކު އޮޅުމަކުން އެއްޗެހިތައް ކުނި އުކާލަން ބަހައްޓާފައި ހުރި ގޯންޏަކަށް އެޅިގެން އެތަކެތި ކުނި ކޮށްޓަށް ގެންދެވިގެން ބެލެވޭ ކަމަށެވެ.

ގިނަ އަދަދެެއްގެ ސާމާން ތަކާއި އެކު ކުނި ކޮށްޓަށް އެތަކެތި ގެންގޮސްފައިވަނީ ޕޯސްޓް އޮފީހުގެ ކުނި އުކާލަން ހަވާލުވެފައިވާ ކުންފުނި ދާނގަޑު ކޮންސްޓްރަކްޝަންއިންނެވެ.

ޕޯސްޓް އޮފީހުގެ މުވައްޒަފަކު ބުނީ އަންދާލެވުނު ސާމާންތަކުގެ ތެރޭގައި އައިޕެޑަކާއި ސެމްސަންގ ގެލެކްސީ ފޯނަކާއި އަގުބޮޑު އިލެކްޓްރޯނިކްސް ސާމާން ހިމެނޭކަމަށެވެ.
.
މިހާދިސާގައި މުޅިންވެސް އަންދާލެވިފައިވަނީ މީސް މީހުން ބޭރުން ގެނެސްފައި ހުރި ސާމާންތަކެވެ.

މިކަމާއި ގުޅިގެން ޕޯސްޓް އޮފީހުން ބުނީ އަންދާލެވުނު ތަކެތީގެ ބަދަލު އޭގެ ވެރިފަރާތަކަށް ދޭނެކަމަށެވެ.