Last Updated: May 13, 11:55
Tuesday, May 13, 2025
ވިޔަފާރި

މާކިއުރީ އިންޖީނުގެ އާ ދެ މޮޑެލެއް ބާޒާރަށް ނެރެފި

މާކިއުރީ އިންޖީނު ރާއްޖެ އެތެރެކޮށް ޑިސްޓިރިބިއުޓް ކުރަމުން އަންނަ ހަސަން މެރީން އިންޖިނިއަރިންއިން މާކިއުރީ ސީޕްރޯ" ސީރީޒްގެ 2 މޮޑެލްގެ އައުޓްބޯޑް އިންޖީނު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

ކަނޑުދަތުރު ކުރާ އުޅަނދުތަކުގެ ވެރިންގެ މެދުގައި މަގްބޫލްވަމުން އަންނަ މާކިއުރީ އިންޖީނުގެ ތެރެއިން މިފަހަރު ހަސަން މެރިންއިން ރާއްޖޭގެ މާކެޓަށް ނެރެފައިވަނީ މާކިއުރީ ސީޕްރޯ މޮޑެލްގެ 40 ހޯސްޕަވަރާއި 60 ހޯސްޕަވަރުގެ އައުޑްބޯޑް އިންޖީނެވެ.

mcr

ހަސަން މެރިންއިން ބުނީ އަލަށް ނެރުނު ދެ މޮޑެލްއަކީ ވެސް ގިނަ ވަގުތު ބާރު ސްޕީޑްގައި ދުއްވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަދު ކުޑަ އިންޖީނެއް ކަމަށެވެ. އެގޮތުން މި އިންޖީނުތަކަކީ ގެސްޓް ހައުސް ފަދަ ވިޔަފާރި ކުރައްވާ ފަރާތްތަކަށް އެންމެ އެކަށޭނެ މޮޑެލްއެއް ކަމަށް ހަސަން މެރިންއިން ބުނެއެވެ.

އެކުންފުނިން ވަނީ ނިމިގެން ދިޔަ ގެސްޓްހައުސް ކޮންފަރެންސްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބޭއްވި ލަކީ ޑްރޯއެއްގައި އަލަށް ނެރުނު މޮޑެލްގެ ތެރެއިން ސީޕްރޯ މޮޑެލް 60 ހޯސްޕަވަރގެ އިންޖީނެއް ފުލިދޫލަޕޭލާ ގެސްޓް ހައުސްއަށް ދީފައެވެ.

ހަސަން މެރިންއިން މިހާރުވެސް އަންނަނީ ހުޅުމާލޭގައި ކުރިއަށް ގެންދާ "މޯލްޑިވްސް މެރިން އެކްސްޕޯ"ގައި މާކިއުރީ ބްރޭންޑްތަކުގެ އިންޖީނާއި ގުޅޭ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން މާކިއުރީ އިންޖީނަށް ބޮޑު ތަރްހީބެއް ލިބެމުން އަންނަ އިރު، މި އިންޖީނު ބޭނުން ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ރާއްޖޭގެ މާހައުލާއި ގުޅޭ އެއް ނަންބަރުގެ އިންޖީނުކަމަށެވެ.