Last Updated: May 2, 02:14
Thursday, May 1, 2025
ކުޅިވަރު

މީދޫ ފުޓުބޯޅަ ދަނޑުގެ ލައިޓް ހަރުކޮށްދޭނެ ބަޔަކު ހޯދަނީ

މީދޫ އަވަށުގެ ފުޓުބޯޅަ ދަނޑުގެ ލައިޓު ހަރުކޮށް، ކަރަންޓު ގުޅައި މަސައްކަތް ނިންމައިދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

މިމަސައްކަތް ކުރުމަށް މައުލޫމާތު ދިނުން އަންނަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އަދި މީދޫ އަވަށު އޮފީހުގައި ކުރިއަށް ދާނެއެވެ. މައުލޫމާތު ދިނުން އޮންނާނީ ދެ ރަށުގައިވެސް ހެނދުނު 11:00 ގައެވެ.

މައުލޫމަތު ދިނުމުގެ ސެޝަނުގައި ބައިވެރިވެ މައުލޫމާތު ސާފުކުރި ފަރާތްތަކުގެ އަންދާސީހިސާބު ހުށައަޅަން ޖެހެނީ ކައުންސިލް އިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު 11:00 ގައެވެ.

ނަމަވެސް މައުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތު ނުލިބޭނެކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

މީދޫގެ ފުޓުބޯޅަ ދަނޑަކީ އެއަވަށުގެ ގިނަ އަދަދެއްގެ ޒުވާނުން އޭގެ ބޭނުން ކުރަމުން އަންނަ ދަނޑެކެވެ.