ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިރޭ އައްޑޫއަށް ވަޑައިގެންފިއެވެ. މިރޭ ދަންވަރު 1:30 ގައި އެމަނިކުފާން އައްޑުއަށް ވަޑައިގަތުމުން އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކުވަނީ ދަންވަރު ގަޑީގައިވެސް ގަމުގެ ވައިގެ ބަނދަރަށް ޖަމާވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދުގެ މިދަތުރުފުޅަކީ ކުއްލި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިރޭ އެމަނިކުފާނު ހުންނެވުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫގައެވެ. އަދި ހުކުރުދުވަހު މެންދުރު އެމަނިކުފާން ހިތަދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުކުރުދުވަހު ހަވީރު ހިތަދޫގައި އެމްޑީޕީން ބާއްވާ ވެހިކަލް ބުރެއްގައި އެމަނިކުފާން ބައިވެރިވަޑައިގަންނަވާނެއެވެ.