Last Updated: April 30, 08:57
Tuesday, April 30, 2024
ޚަބަރު

ހިތުގެ ދުވަސް ހިތަދޫގައި ފާހަގަކޮށްފި

ބައިނަލްއަގްވާމީ ހިތުގެ ދުވަސް ފާހަގަ ކުރަން ހިތަދޫގައި މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން އިންތިޒާމްކޮށްގެން ބޭއްވި ކުޑަކުދިންގެ ހަވީރު ފެށި ހަވީރު 4:00 ގަ އެވެ. މި ހަވީރުގައި ކުޑަކުދިންނަށް ބައިވެރިވެވޭ ކަހަލަ ގިނަ ހަރަކާތްތަކެއް ހިމަނާފައިވެ އެވެ.

މީގެ އިތުރުން ހިތާ ބެހޭ ގޮތުން ތަފާތު މައުލޫމާތުތައް ވެސް ހަވީރުގެ ތެރެއިން އާންމުންނަށް ފޯރުކޮށް ދީފައިވެ އެވެ.

ހިތަދޫގެ ގިނަ އަދަދެއް އާއިލާތަކުން ކުޑަކުދިންނާ އެކު، ހަވީރަށް ޒިޔާރަތްކޮށްލައި، އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްފައިވެ އެވެ.

އެޗްއާރްއެޗުން ބުނީ ހިތުގެ ދުވަސް ފާހަގަ ކުރަން ބޭއްވި ކުޑަކުދިންގ ހަވީރަށް ހިތަދޫ "ޑެޒޯރާ" ފިހާރަ އިން ވަރަށް ދީލަތި އެހީއެއް ދީފައިވާ ކަމަށެވެ.

އެހެންވެ އެކަމަށް ހޮސްޕިޓަލްގެ ފަރާތުން ވަނީ ހާއްސަ ޝުކުރެއް ވެސް އަދާކޮށްފަ އެވެ.

ބައިނަލްއަގްވާމީ ހިތުގެ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 29 އެވެ.