Last Updated: April 30, 22:02
Tuesday, April 30, 2024
ރިޕޯޓް

ސްމާޓް ފޯނާ ހެދި ނިދި ހަރާބުވޭ: ދިރާސާ

ސްމާޓް ފޯނާ ނުލައި މިހާރަކު ނޫޅެވޭނެ އެވެ. އެކަން ދިރިއުޅުމުގެ ކޮންމެ ދިމާއަކަށް ނަަރު ހިންގާލިޔަސް މިހާރު ޔަގީން ވާނެ އެވެ. ހަށިގަނޑުގެ އެއް ބަޔަކަށް މިހާރު އަތުގައި އޮންނަ ފޯން ވެއްޖެ އެވެ.

މީގެ ސަބަބުން ނިކުންނަ ރަނގަޅު ނަތީޖާތަކާ އެއްވަރަށް ސްމާޓް ފޯނުގެ ސަބަބުން ވާ ގެއްލުންތައް ވެސް މިހާރު ކުޑައެއް ނޫނެވެ.

ތަންތަަނަށް ސޯޝައިލައިޒްވުމުގެ އާދަ މިހާރު ވަރަށް ކުޑަވެއްޖެ އެވެ. މީސްމީހުންނާ "ފޭސްޓް ޓް ފޭސްކޮށް" ބައްދަލު ކުރުން މިހާރު ހުއްޓުމަށް ދަނީ އެވެ.

ތަފާތު ސޯޝަލް ޕްލެޓްފޯމްތަކުގެ އަވާގައި ޖެހި މީހާ މުޅިން "އެކަނިވެރި" އެހެން ދުނިޔެއަކަށް ގެންގޮސް ދީފި އެވެ.

ފަހުގެ ދިރާސާއަކުން މިހާރު ހާމަވެފައިވާ ގޮތުގައި ސްމާޓް ފޯނަކީ މީހާގެ ނިދި ވެސް ހަރާބުކޮށްލާ އެއްޗެކެވެ. މީގެ ސަބަބުން އޮފީސް މަސައްކަތްތަކަށް ހުރަސް އެޅި، މީހާގެ ސިއްހީ ހާލަތަަކަށް ވެސް ބޮޑެތި ނޭދެވޭ ބަދަލުތައް އާދެ އެވެ.

ރޭގަނޑު ނިދަން އެނދަށް އަރާ ގޮތަށް ފަތިސް ވަންދެން ފޯނާ ކުޅެލަ ކުޅެލައި އޮތުމަކީ މިހާރު ގިނަ ބައެއްގެ އާދައަކަށްވެއްޖެ އެވެ.

"ގްލޯބަލް މޮބައިލް ކޮންޒިއުމާ ސާވޭ 2016" އިން ދެއްކި ގޮތުގައި އުމުރުން 18-24 އަހަރާ ދެމެދުގެ މީހުންނަކީ ރޭގަނޑު ނިދި ނަދާލައި ފޯނާ ކުޅެން އެނދުމަތީގައި ތިބޭ މީހުންނެވެ.

make-woman-want-you-through-text-messages

މި ސާވޭ އިން އަދި އަދި ދެއްކި ގޮތުގައި ހެނދުނު ހޭލާ ގޮތަށް ފޯނަށް ވަދެލައި މެސެޖްތަކާ އެއްޗެހި ހާވާލަން އާދަވެފައި ތިބި މީހުންގެ ނިސްބަތް މިހާރު 10 ޕަސަންޓަށް އަރަ އެވެ.

ފޯނަކީ 24 ގަޑި އިރު ތިމާގެ އަތުގައި އޮންނަ އެއްޗަކަށްވާތީ އެހެން ހުރިހާ ކަމަކަށް ސަމާލުކަން ދެވޭ ވަރަށް ވުރެ މީހުން ވަނީ ސްމާޓް ފޯނުގެ ދުނިޔެ އަށް ގެއްލިފަ އެެވެ.

މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. ހަގީގުތައި ފޯންގެ ސަބަބުން ދިރިއުޅުމަށް "ބުރޫ އަރާ" ނަމަ އެއީ ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެެވެ.