Last Updated: May 19, 00:16
Sunday, May 19, 2024
ޚަބަރު

ކާޑާއި ކަރަންޓްގެ އަގު ބޮޑުވެގެން އަޑު އުފުލައިފި

ކާޑުގެ ބާވަތްތަކުންނާއި، ކަރަންޓްގެ އަގު ބޮޑު ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މިއަދު ހިތަދީ ބޮޑު މަގުގައި އިހްތިޖާޖްކޮށް އަޑު އުފުލައިފިއެވެ.

muzahara

އެމްޑީޕީން އިސްނަގައިގެން މިއަދު ހަވީރު ހިތަދޫ ޒިޔާރަތްފަންނު ޖަންކްޝަން ސަރައްދުން ފެށި އިހްތިޖާޖްގައި، ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާ އިރު ބައިވެރިން ވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

kaakdudud

މިއަދުގެ އިހްތިޖާޖްގައި ގުޅުފައިވާ ރަށްތަކުން ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ކަރަންޓާއި ކާޑްގެ އަގުބޮޑުވުމާއި ގުޅިގެން ކުރިއަށްގެންދިޔަ އިހްތިޖާޖްގައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އާއި ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު އަލީ ނިޒާރު ބައިވެރިވިއެވެ.

kaaduw

ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކާޑްގެ ބާވަތްތައް އެންމެ އަގުބޮޑުކޮށް ލިބެނީ އައްޑޫ ރައްޔިތުންނަށެވެ.

އެހެންވެ، އިހްތިޖާޖްގެ ބައިވެރިންވަނީ އެއަގު ދަށް ކުރުމަށް ގޮވާލާފައެވެ.

އެމްޑީޕީން ބުނީ ކުރިއަށް ހުރި ދުވަސްތަކުގައި މީގެ އިތުރު އިހްތިޖާޖްތައް އައްޑޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.