ގަމާއި ލަންކާ އާއި ދެމެދު ވައިގެ ދަތުރުތައް ފެށުމަށް މަަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަވާލުވެ ހުންނެވި ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެެއެވެ.
ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ އާއި އައްޑު އިންޓަނެޝަނަލް އެއާޕޯޓް ގުޅިގެން ހިންގާ އެގްޒެކެޓިވް ލައުންޖް ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ގަމާއި ލަންކާ އާއި ދެމެދު ދަތުރުތައް ފެށުމަށް ސްރީލަންލަން އެއާލައިންސް އާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިރަސްމިއްޔާތުގައި އައްޑޫ އިންޓަނެޝަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދަޅުވީ އެކުންފުނިންވެސް ސްރީލަންކަން އެއަލައިންސް އާއި އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އެހެންވެ ކައިރި މުސްތަގްބަލެއްގައި މި ދެމެދު ވައިގެ ދަތަުރުތައްފެށޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތްކަމަށް ދެބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރުވެސް ވަނީ ގަމާއި ލަންކާ އާއި ދެމެދު ވައިގެ ދަތުރު ފަށާނެކަމަށް ބުނެފައެވެ. ޓޫރިޒަމް މިނިސްޓަރ މިދިއަ އަހަރު މާޗް މަހު ވިދާޅުވީ އެ މިނިސްޓްރީން ސްރީލަންކަން އެއާލައިންސް އާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެއާއި ގުޅޭ އިތުރު ހަބަރެއް ނުވެއެވެ.