Last Updated: May 17, 21:29
Friday, May 17, 2024
ސިޔާސީ

"އައިބީ ގަބޫލު ކުރަނީ މެމްބަރުކަމަކީ ސަރުކާރުގެ ވަޒީފާއެއް"

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީލްދީދީ (އައިބީ) ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަކީ ސަރުކާރުގެ ވަޒީފާއެއް ކަމަށް ވިދާޅުވެ، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ފާޑު ވިދާޅުވެއްޖެ އެވެ.

ކާޑުގެ ސަބްސިޓީ ކަނޑާލި މައްސަލާގައި ވެރިކަން ކުރާ މައި ޕާޓީގެ މެމްބަރުންގެ ނުރުހުން ވެސް ސަރުކާރަށް ވަަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް މުސްތޮފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިބީ ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދާ ކުރަމުން ގެންދަނީ ސަރުކާރުގެ ވަޒީފާއެއް ކަމަށެވެ.

"[އެކަން އޮތީ އެހެން ނޫންކަން އައިބީ އަށް] ކިޔާ ދީ ދީ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެއްވި،" މުސްތޮފާގެ ޓްވީޓްގައި ވިދާޅުި އެވެ.

ކާޑުގެ ސަބްސިޑީ ކުއްލި ގޮތަކަށް ސަރުކާރުން ކަނޑާލި މައްސަލާގައި އައިބީ ވަނީ ސަރުކާރުން ކުރާ މިފަދަ ކަންތައްތަކާ ހެދި މިހާރު ރައްޔިތުން ގޮވާ އެއްޗެހިން މަގުމައްޗަށް ވެސް ނިކުމެވޭ ވަރެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު ފަހުން އައިބީގެ ރާގު ބަދަލުވެ، ސަރުކާރުގެ އެ ނިންމުމަށް ތާއީދު ކުރަން ފެށި މެމްބަރުންގެ ތެރޭގައި ވެސް އަައިބީ ހިމެނެ އެވެ.

ލަފާ ކުރެވޭ ގޮތުން މުސްތޮފާ އައިބީ އަށް ފާޑު ވިދާޅުވީ މި ސަބަބާ ހެދި އެވެ.