ހުޅުމީދޫގައި ޕޮލިސް ސްޓޭޝަނަކާއި އެކަމޮޑޭޝަން ބޮލޮކެއް އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއްލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އިއްލާންކޮށްފައިވަނީ ހުޅުމީދޫގައި އިމާރާތްކުރާ އިމާރާތުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތަކުން 29 ޖެނުއަރީ 2013 އިން ފެށިގެން 6 ފެބްރުއަރީ އާއި ދެމެދު ބީލަން ގަނެ ފެބްރުއަރީ 7 ގައި ފްރީބިޑް މީޓިން އަށް ވަޑައިގަތުމަށެވެ.
އަދި 19 ފެބްރުއަރީގައި މި މަސައްކަތުގެ ބިޑް އޮޕަނިން އޮންނާނެކަމަށެވެ.
ފެބްރުއަރީ 8 2012 ގައި އައްޑޫގައި ހުރި ޕޮލިސް ސްޓޭޝަންތައް ވަނީ އަންދާލާފައެވެ. އެގޮތުން އަންދާނުލައި ހުރި ހަމަައެކަނި ސްޓޭޝަނަކީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނެވެ.
ހުޅުމީދޫ ޕޮލިސް ސްޓޭޝަނަކަށް ބޭނުން ކުރަނީ މީދޫން ކުއްޔަށް ހިފާފައިވާ ގެއެކެވެ.