Last Updated: May 5, 06:00
Sunday, May 5, 2024
ޚަބަރު

"ކަރަންޓް މައްސަަލަ ހައްލުވާން އަދި ދެ ހަފުތާ ނަގާނެ"

އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކަނޑަމުންދާތާ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ޝަރީފް ވިދާޅުވީ އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުންދާ މައްސަލަ އާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފެނަކައިން ސަމާލުކަން ދޭ ކަމަށެވެ.

އެގޮތުން ކަރަންޓްގެ މައްސަލައަށް ވަގުތީ ހައްލެއް މި ހަފުތާގެ ތެރޭގައި ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ghhiuu

އައްޑޫގެ ކަރަންޓްގެ މައްސަލަައަށް ދާއިމީ ހައްލެއް ގެންނަން ރާއްޖެ ގެނެސްފައިވާ ދެ މެގަވޮޓްގެދެ ޖަނަރޭޓަރު އައްޑު އަށް ގެންނާނެ ބަޔަކު ހޯދަން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެއީ ސްޓެލްކޯގެ ހަރަދުގައި ގެނައި ދެ ޖަނަރޭޓެވެ.

ޝަރީފް ވިދާޅުވީ ޖަނެރޭޓަރަށް ބޭނުންވާ ސްޕެއަ އެމްޓީސީސީން ފޯރުކޮށް ދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިގެންދާނީ ސްޓެލްކޯއިން ދެ ޖަނަރޭޓަރު ގެންގޮސް އިންސްޓޯލް ކުރުމުން ކަމަށެވެ.