އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ގަމާއި ކޮލަމްބޯ އާއި ދެމެދު ސްރީލަންކަންއިން ދަތުރުފަށަން ތައްޔާރުވެފައިވާއިރު މިދެމެދުގެ ދަތުރުތަކުގެ ރިޒަވޭޝަންތައް ސްރީލަންކަންގެ އެޖެންޓުން ތައް ފަށައިފިއެވެ.
"އައްޑޫލައިވް"އާއި ވާހަކަދެއްކި ސްރީލަންކަންގެ އެޖެންޓަކު ބުނީ ގަމާއި ކޮލަމްބޯ އާއި ދެމެދު ނޯމަލް ފެއާގެ ދެކޮޅު އަގަކީ 342 ޑޮލަރުކަމަށެވެ. އެއީ 5273.64 ރުފިޔާއެެވެ.
ހަފްތާއަކު 4 ފްލައިޓް ބާއްވާއިރު ކޮންމެ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި ހޯމަ ދުވަހު ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރުކުރެވޭނެއެވެ.
ގަމުން ހެނދުނު 9.20 ފުރާއިރު ލަންކާއިން ފުރުން ހަމަޖެހިފައިވަނީ އެގައުމުގެ ގަނޑިން ހެނދުނު 7 ޖަހާއިރުއެވެ.
ޗުއްޓީ އާއި ދިމާކޮށް ގަމުން ދަތުރު ފެށޭތީ ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.
މިކަމާއި ގުޅިގެން ސްރީލަންކަންގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރުފެށުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ޖެނެރަލް މެނޭޖަރ އިބްތިސާމާ ސައީދު ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އިބްތިސާމާ އަކީ އައްޑޫގެ ތަރައްޤީ އާއި މެދު ވަރަށް ބޮޑަށް ވިސްނަވާ ބޭފުޅެއް ކަމަށް އެއާޕޯޓް އިސް އޮފިޝަލަކު ވިދާޅުވިއެވެ.