Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ވަންދޫގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިއްޔެ ތ. ވަންދޫ އިން ގެއްލިގެން ރަށުގެ ރައްޔިތުން ނިކުމެ ހޯދަމުން ދިޔަ މީހާ ރޭގެ ވަގުތެއްގައި އެރަށު ވަލުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެއެެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ 81 އަހަރުގެ މީހެކެވެ. އާއިލާ އިން އެމީހާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ރޭ 7:45 އެހާކަށް ހާއިރު ކަމަށާއި އެމީހާ ފެނިފައިވަނީ ރޭ 9:00 ގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މީހާ މަރާލެވުނީ ކަމެއް ނުވަތަ މަރުވީ ކަމެއް ފުލުހުން ހާމަކޮށްފައިނުވާއިރު މިމައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން އައްޑޫ ސިޓީގެ މަރަދޫގައިވެސް އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެރަށު އަތިރި މަތިން މަރުވެފައި އޮއްވައި ފެނިފައި ވެއެވެ.