ޕިކްސެލް 'ފޯން ބައި ގޫގްލް'، ގޫގްލްގެ އެންމެ ފަހުގެ އުފެއްދުން ދުނިޔެއަށް ރޭގައި ރިލީސްކޮށްލައިފިއެވެ. އެންޑްރޮއިޑް ގެ އެންމެ ފަހުގެ ވާޝަން ނޫގަޓް 7.1 ގެ އޮޕަރޭޓިންގ ސިސްޓަމަކާއެކު ގޫގްލް އިން ތައްޔާރުކުރި މި ފޯނަކީ އެޕަލްގެ އައި7 ވައްޓާލުމަށް ނެރޭ ފޯނެކެވެ.
އައިފޯނާއި އެއްގޮތަށް ޕިކްސެލްވެސް ނެރެނީ ދެ ސައިޒަކަށެވެ. ޕިކްސެލްގައި 5 އިންޗި ހުންނައިރު ޕިކްސެލް އެކްސްއެލް ގައި 5.5 އިންޗި ދިގުމިނުގައި ހުރެއެވެ.
ތިން ކުލައެއްގައި ޕިކްސެލް ތައްޔާރުކޮށްފައިވާއިރު ގޫގްލްއިން ދީފައިވާ ނަމަކީ 'ވެރީ ސިލްވަރ'، 'ކުއައިޓް ބްލެކް' އަދި 'ރިއަލީ ބްލޫ' އެވެ. މީގެތެރެއިން ގަދަ ނޫކުލައިގައި ތައްޔާރުކުރި ފޯނަކީ ލިމިޓެޑް އެޑިޝަނެއް ކަމަށް ގޫގްލްއިން މައުލޫމާތު ދީފައިވެއެވެ.
އައިފޯނުގައި ހުންނަ 'ސިރީ' ގެ ބަދަލުގައި މިފޯނުގައި "ގޫގްލް އެސިސްޓެންޓު" ނަމަކަށް ކިޔާ ވާޗުއަލް އެސިސްޓެންޓެއް ޑިސައިންކޮށް ފޯނުގެ ވެރިފަރާތަށް އެހީތެރިވުމަށް ތައްޔާރުކޮށްފައިވެއެވެ.
ގޫގްލް އިން ބުނާގޮތުގައި ޕިކްސެލްގެ ކެމެރާއަކީ މިހާތަނަށް ސްމާޓް ފޯނެއްގައި ހުރި އެންމެ ފެންވަރު ރަނގަޅު ކެމެރާއެވެ.
The camera on Pixel is the best smartphone camera… EVER, according to DxOMark. #madebygoogle pic.twitter.com/J8Xf2ciaUo
— Google (@Google) October 4, 2016
12.3 މެގަޕިކްސެލްގެ މިކެމެރާ އަކީ ރެސޮލިއުޝަނުގައި 1.55 މައިކްރޯން ޕިކްސެލް ހުންނަ ކެމެރާއެކެވެ.
ގޫގްލް ކްލައުޑުގައި ބެކަޕް ކުރެވޭ ގޮތަށް ޕިކްސެލް ތައްޔާރުކޮށްފައިވާއިރު ފޯނުން ނަގާ ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން ފޯނު ފުލްވެ ވާ އުނދަގޫ ތަކުން ސަލާމަތްވާނެއެވެ. 'އަންލިމިޓެޑް ސްޓޯރޭޖް' ހައި ރިސޮލިއުޝަން ފޮޓޯތަކަށް ލިބިފައިވާއިރު ފޯކޭ ވީޑިއޯތައްވެސް ކްލައުޑަށް ލެވޭނެއެވެ.
އިޝްތިހާރު ކުރުމުގައި ގޫގްލްއިން ވަނީ މިފޯނަކީ މިހާތަނަށް ނެރެވުނު އެންމެ މޮޅު ފޯނުކަމަށް ބުނެފައެވެ. އަގުގެ ގޮތުން ބަލާއިރު އާދައިގެ ޕިކްސެލް 32 ގެ ފޯނެއް ލިބެނީ 649 އެމެރިކާ ޑޮލަރަށެވެ. މިއީ ދިވެހި 10،007.58 ރުފިޔާއެވެ. 128 ޖީބީގެ ފޯނެއް ލިބޭ އަގަކީ 749 ޑޮލަރެވެ.(11،549.58 ރުފިޔާ)އެވެ.
ޕިކްސެލް އެކްސެލް 32 ޖީބީ ފޯނުގެ އަގަކީ 769 ޑޮލަރެވެ. މިއީ ދިވެހި 11،857.98 ރުފިޔާއެވެ. މީގެ 128 ޖީބީގެ ފޯނެއް ލިބެނީ 869 ޑޮލަރަށެވެ. އެއީ 13،399.98 ރުފިޔާއެވެ.