ޕޯޗުގަލްގެ ކުރީގެ ބޮޑު ވަޒީރު އެންޓޯނިއޯ ގަޓަރެސް އަކީ އދ ގެ ދެން އަންނަ ސެކެޓްރީ ޖެނެރަލްއަށް ވެދާނެކަމަށް އދ ގެ ސަފީރުން ބުނެފި އެވެ.
66 އަހަރުގެ ގަޓަރެސްއަކީ "އެންމެ މަޤުބޫލު" މީހާކަމަށް، ރަޝިއާއިން އދ އަށް ކަނޑައަޅާފައިވާ ސަފީރު ވިޓަލީ ޗާކިން ވަނީ ބުދަ ދުވަހު ބުނެފަ އެވެ.
ބުރާސްފަތި ދުވަހު އދ ގެ ސަލާމަތީ ކައުންސިލްގައި ބާއްވާ ރަސްމީ އިންތިޚާބަށްފަހު، އެ މަޤާމަށް ހޮވުނީ ކާކުކަން އެނގިގެންދާނެއެވެ.
10 އަހަރު ވަންދެން އދ ގެ ރެފިއުޖީ އޭޖެންސީ ހިންގި ގަޓަރެސް އެ މަޤާމަށް ގެނައުން ގިނަ ބަޔަކު ބޭނުންވެއެވެ.