Last Updated: April 30, 19:33
Tuesday, April 30, 2024
ޚަބަރު

ގަމުގެ ސީ ޕްލޭން ބޭސް ނިންމާލައިފި

ގަމުގައި ޓީއެމްއޭ އިން ހަދާ ސީ ޕްލޭން ބޭސްގެ މަސައްކަތް ކުރަނީ. ފޮޓޯ: އަހުމަދު ޝަފީއު

ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދަން ނިންމި ސީޕްލޭން ބޭސްގެ ރަންވޭ ޕްލެޓް ފޯމްގެ މަސައްކަތް ނިންމާލައިފި އެވެ.

ސީ ޕްލޭމް ބޭސް ހަދައި، ސީ ޕްލޭންގެ އޮޕަރޭޝަން ހަވާލުކޮށްފައި ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާ އެވެ. އެ ކުންފުންޏާ މިކަން ހަވާލު ކުރީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ.

ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނީ ސީ ޕްލޭންގެ ހިދުމަތް ހުއްދަތައް ހޯދުމަށް މިހާރު ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

hkj-4

އެ ކުންފުނިން ބުނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސިވިލް އޭވިއޭޝަނުން އެއިރޮޑްރޯން ސެޓިފިކެޓް ދޭނެ ކަމަށާއި އެ ހިސާބުން އޮޕަރޭޝަންތައް ފެށިގެން ދާނެ ކަމަށެވެ.

ގަމުން ސީ ޕްލޭން އޮޕަރޭޓް ކުރަން ފެށުމުން މި ސަރަހައްދާ ކައިރި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ކައިރި ރިސޯޓްތަކަށް ގެންދެވޭނެ އެވެ.