Last Updated: April 16, 13:42
Tuesday, April 16, 2024
ޚަބަރު

"ސަބްސިޑީ ނެތުމުގެ އަސަރު އެންމެ ބޮޑީ އައްޑު އަށް"

ސަރުކާރުން ކާޑުގެ ބާވަތްތަކަށް ކުރިން ދެމުން އައި ސަބްސިޑީ "ފަގީރުންނަށް" ދޭން ނިންމައި، ކާޑު ސަބްސިޑީ ކަނޑާލުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އައްޑޫ ރައްޔިތުންނަށް ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓްގެ އަގު ބޮޑު ކުރިތާ، މާ ގިނަ ދުވަސްތަކެއް ނުވަނީސް މީން ޒަމާނެއްގައި ވެސް ބޮޑު ނުވާވަރަށް ކާޑުގެ އަގު މަތިވެގެން ދިއުމަކީ އައްޑޫގެ ރައްޔިތުން ނުހަނު ކަންބޮޑުވެފައިވާ ކަމެެއް ކަމަށެވެ.

"ރާއްޖޭގެ އެހެން ހުރިހާ ހިސާބަކަށް ވުރެ ކާޑުގެ ބާވަތްތައް ލިބޭ އަގު އައްޑޫ ސިޓީގައި ވަނީ ބޮޑުވެފަ އެވެ. ގިނަ ރައްޔިތުންނަކީ ލިބޭ މަދު މުސާރަ ކޮޅުން ދިރިއުޅުމުގެ ޚަރުދުތައް ދެކޮޅު ޖެއްސޭ ބައެއް ނޫނެވެ. މިފަދަ ގޮތަކަށް އަސާސީ ބާވަތްތަކުގެ އަގުތައް އުފުލިގެން ދިއުމުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެގެން ދާނެކަން ކަށަވެރެވެ." ބަޔާނުގައިވެ އެވެ. "ވަޒީފާގެ ބާޒާރެއް ނެތް، މިފަދަ އާމްދަނީގެ ވަސީލާތްތައް މަދު ތަނެއްގައި އެތަކެއް ޤުރުބާނީއެއްވެގެން ޒަރޫރީ ބޭނުންތަކަށް ކޮންމެ މަހަކު އެއްކުރަން ލިބޭ ފައިސާ މަދުވެ ފުދުންތެރިކަން ދަށްވެގެން ދިއުމަކީ، އައްޑޫ ސިޓީގެ އިޤްތިސާދު ހަލާކުވެގެންދާ ވަރުގެ ކަމެކެވެ."

ކައުންސިލުން އަދި ބުނީ ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ހަނޑޫ،ހަކުރު އަދި ފުށުގެ އަގުތައް ދެގުނަ އަށް އުފުލިގެން ދިއުމާއެކު ދިވެހި ރައްޔތުންނަށް ވަނީ ނުހަނު ބޮޑު ނުތަނަވަސް ކަމަކާ ކުރިމަތިލާން ޖެހިފައި ކަަމަށެވެ.

ytuy

އަދި ކުއްލިއަކަށް މި ގެނެވުނު ބަދަލަކީ އޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ނުހަނު ނޭދެވޭ އަސަރު ކުރާނޭ ކަމެއްކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ކައުންސިލުން ބުންޏެވެ.

"ކަންމިހެން ހުރުމާ އެކު ކާޑުގެ ބާވްތަތަކުގެ އަގަށް ސަރުކާރުން މިގެންނެވި ބަދަލާ މެދު އަލުން ރިޔާއަތް ކޮށް އަގުތަކަށް ހެޔޮ ބަދަލެއް ގެނެސް ދެއްވުމަށާއި ރައްޔިތުންނަށް ނިކަމެތިކަން ނާންނާނެ ފަދަ ގޮތަކަށް މިފަދަ ޒަރޫރީ ކަންކަން ނިންމެވުމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހި ސަރުކާރަށް އިލްތިމާސްކޮށް މިނޫސް ބަޔާން ނެރުނީމެވެ." ބަޔާނުގައިވެ އެެވެ.