Last Updated: May 4, 19:16
Saturday, May 4, 2024
ޚަބަރު

ޕީޕީއެމުން ލޯކަލް ކައުންސިލް ޓިކެޓަށް ފުރުސަތު ހުޅުވާލައިފި

ޕީޕީއެމް ޓިކެޓްގައި އަންނަ އަހަރުގެ ލޯކަލް ކައުސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިިފި އެވެ.

އެ ޕާޓީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓްގައި މި އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅޭނީ 6 އޮކްޓޯބަރ 2016 ގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށެވެ.

މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ނެރުނު އިއުލާނުގައި ވެއެވެ.

ޕީޕީއެމް އިން ބުނެފައި ވަނީ އެއްވެސް ކައުންސިލަކަށް އިލެކްޝަންސް ކޮމިޝަން އިން ނިންމާފައިވާ އަދަދަށް ވުރެ އިތުރަށް ކުރިމަތިލާފައިވާނަމަ އެޕާޓީގެ ޓިކެޓްގައި އެ ގޮނޑިއަކަށް ވާދަކުރާނެ ކެންޑިޑޭޑަކު ކަނޑައަޅާނީ އެޕާޓީގެ ޕްރައިމެރީއަކުން ކަމަށެވެ.

ޕްރައިމަރީ ބާއްވާނެ ތާރީޙެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.