Last Updated: July 3, 02:38
Thursday, July 2, 2026
ރިޕޯޓް

401 ދުވަހުގެ ތެރޭގައި 401 މެރެތަން ނިންމި މީހެއް

401 ދުވަހުގެ ތެރޭގައި 401 މެރެތޮން ނިންމި މީހަކު ބުނީ އޭނާ އެ ރޭސްތައް ނިންމުމުން ވަރަށް ހައިރާންވި ކަމަށެވެ.

އިނގިރޭސިވިލާތުގެ ބްރިސްޓޯލްއަށް އުފަން ބެން ސްމިތު 401 ދުވަހުގެ ތެރޭގައި 10،500 މޭލަށް ދުވިއެވެ. އެއީ ލަންޑަންއިން ފެށިގެން ސިޑްނީއާއި ދެމެދުގެ ރާސްތާއާއި އެއްވަރުގެ ދިގުމެނެކެވެ. އޭނާ އެންމެ ފުރަތަމަ މެރެތޯން ނިންމީ ސެޕްޓެމްބަރު 2015 ގައެވެ. އެކަން ކުރުމުގެ ތެރޭގައި އޭނާވަނީ ބުލީކުރުމާއި ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް 250،000 ޕައުންޑް ހޯދައިދީފައެވެ.

"އަހަރެން ރޭސް ނިންމިއިރު ހުރީ މުޅިން ހައިރާންވެފަ. އެއީ ބަޔާންކުރެވޭ ވަރަށްވުރެ އުފާވެރި އިހުސާސެއް. އަދި މިހާތަނަށް ދުނިޔޭގެ އެކަކުވެސް މިކަން ކޮށްފައެއް ނުވޭ"، އޭނާ ބުންޏެވެ.