2015 ވަނަ އަހަރުގެ އޮގަސްޓް މަހަށްފަހު ފުރަތަމަ ފަހަރަށް ޓައިގާ ވުޑްސް ކުޅިވަރުގެ ތެރެއިން ފެނިގެންދާނީ މިއަންނަ ހަފްތާގައެވެ. އޭނާ ކުޅެން ހަމަޖެހިފައިވަނީ ކެލިފޯނިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޭފްވޭ އޯޕެން މުބާރާތުގެ ފަށްޓާ މެޗުގައެވެ.
އުމުރުން 40 އަހަރުގެ ވުޑްސް ވަނީ 40 ފަހަރު ކާމިޔާބު ހޯދާފައެވެ. އަދި އެންމެ ފަހުން އޭނާ ކުޅުނު މުބާރާތައް ފަހު ވަނީ ދެ ބުރަކަށީގެ އޮޕަރޭޝަން ކޮށްފައެވެ.
މިހާރު ދުނިޔޭގެ 767 ވަނައިގައި އޮތް ވުޑްސް މިދިޔަ މަހު ބުނީ 13 އޮކްޓޯބަރުން 16 އޮކްޓޯބަރަށް އޮންނަ ސޭފްވޭ އޯޕެންގައި އޭނާ ކުޅޭނީ އޭނާގެ ހާލަތު ރަނގަޅުވާ ވަރަކަށް ބަލާފަކަމަށެވެ.

މިދިޔަ ހަފްތާގައި އެމެރިކާގައި ބޭއްވުނު ރައިޑާ ކަޕްގެ ވައިސް ކެޕްޓަންގެ މަޤާމުވެސް ވުޑްސް ވަނީ އަދާކޮށްފައެވެ.
އަނިޔާ ވުމުގެ ސަބަބުން ވުޑްސްއަށް 2015-2016 ގެ މުޅި ސީޒަންގައިވެސް ނުކުޅެވުނެވެ.
2008 ވަނަ އަހަރުގައި އޮތް ޔޫއެސް އޯޕެންއިން މޮޅުވި ވުޑްސް ވަނީ 2014 ވަނަ އަހަރުގެ މާޗު މަހާއި 2015 އަހަރުގެ ސެޕްޓެމްބަރު މަހުގައި ބުރަކަށީގެ ސާޖަރީއެއް ކޮށްފައެވެ. އަދި އުނދަގޫތައް ކުޑަކުރުމަށްޓަކައި އެހެން ޕްރޮސީޖަރެއް ވެސް އޭނާ ވަނީ ކުރުވާފައެވެ.
ސެޕްޓެމްބަރު މަހުގައި ވުޑްސް ބުނީ ނޮވެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓާކިޝް އެއާލައިންސް އޯޕެންއާއި އަދި ޑިސެމްބަރު މަހުގައި ބަހާމަސްގައި ބޭއްވުމަށް ޖަމަޖެހިފައިވާ ހީރޯ ވޯލްޑް ޗެލެންޖުގައި އޭނާ ބައިވެރިވާނެ ކަމަށެވެ.
ސޭފްވޭ އޯޕެން ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ނާޕާގެ ސިލްވަރޭޑޯ ކަންޓްރީ ކްލަބްގައެވެ.