Last Updated: June 28, 06:55
Sunday, June 28, 2026
ކުޅިވަރު

ވޭލްސް އެއްވަރުވެ، ވޯލްޑް ކަޕަށް ކޮލިފައިވާން ހުރަސްތަކެއް!

ޖޯޖާގެ ގޯލަށްފަހު ބޭލްއާއި ވޯކްސް ނުތަނަވަސް ވެފައި: ފޮޓޯ- މިރާ ފުޓްބޯލް

ނިމިގެން ދިޔަ ޔޫރޯ ސެމީ ފައިނަލާއި ހަމައަށް ދަތުރުކުރި ވޭލްސް ވޯލްޑް ކަޕް ކޮލިފަޔާސްގައި ދުނިޔޭގެ 137 ވަނައިގައި އޮތް ޖޯޖިއާ އަތުން މޮޅު ނުވުމުގެ ސަބަބުން ހުރަސްތަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ރޭ ކުޅުނު މެޗުން ދެޓީމު 1-1 އިން އެއްވަރުވެފައިވާއިރު ވޭލްސް ކޯޗު، ކްރިސް ކޯލްމެން ބުނެފައިވަނީ އޭނާގެ ޓީމު ދަށްކާފައިވަނީ އާދަޔާހިލާފަށް ދަށް ކުޅުމެއް ކަމަށާއި އިދިކޮޅު ޓީމަށް މޮޅުވާންވެސް ހައްގު ކަމަށެވެ.

ކުޅުންތެރިންގެ ކުޅުމާއިމެދު ނުރުހެންވެފައިވާ ކޯލްމެން އިތުރަށް ބުނެފައިވަނީ ކޮންމެ ކުޅުންތެރިޔަކުވެސް މެޗުން މޮޅު ނުވުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

މެޗުގެ ފުރަތަމަ ގޯލު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުން ދިޔަ ވޭލްސް އަށް ކާމިޔާބުވީ ގެރެތް ބޭލްގެ ގޯލަކުންނެވެ. ޖޯޖާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 57 ވަނަ މިނެޓުގައެވެ. ގޯލަށް ފަހަށްވެސް ނަތީޖާ އަނބުރާލުމަށް ވޭލްސް ކުޅުންތެރިންނަށް މެޗުގައި މާބޮޑު ކަމެއް ކުރެވިފައި ނުވެއެވެ.

ކައުންޓާ އެޓޭކުގައި ވޭލްސްގެ ޑިފެންސަށް ނުރައްކާ ކުރަމުން ދިޔައީ ޖޯޖާއެވެ. މެޗުން އެއްވަރުވުމާއެކު ވޭލްސް ކުޅުނު ކޮލިފައިންގެ ދެމެޗުންވެސް އެއްވަރުވެ ލިބިފައިވަނީ ދެ ޕޮއިންޓެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމަށް މިބުރުގައި ކުރިއަށް ހުރި މެޗުތަކުގައި މޮޅުވުމަށް ވޭލްސްއަށް މަޖުބޫރު ވާނެ އެވެ.