Last Updated: July 22, 17:21
Wednesday, July 22, 2026
ޚަބަރު

ޒިކާ ވައިރަހުގެ ނުރައްކާ ރާއްޖޭގައި އެބައޮތް: އެޗްޕީއޭ

Health issue concept, image of crying baby bitten by Aedes Aegypti mosquito as Zika Virus carrier

ދެކުނާއި އުތުރު އެމެރިކާ އަދި އެފްރިކާގައި ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ ޒިކާ ވައިރަހުގެ ނުރައްކާ ދިވެހި ރާއްޖޭގައި އެބައޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ބުނެފިއެވެ.

މިހާތަނަށް ރާއްޖެއިން މި ވައިރަހަށް ޝައްކު ކުރެވޭ 55 މީހަކު ޓެސްޓުކޮށްފައިވާ ކަމަށާއި އެއްވެސް މީހަކު ވައިރަހަށް ޕޮސިޓިވް ވެފައި ނުވާ ކަމަށް އޭޖެންސީ އިން މައުލޫމާތު ދީފައިވެއެވެ.

ނަމަވެސް މި ވައިރަހަކީ މަދިރީގެ ސަބަބުން ޖެހޭ ވައިރަހަކަށް ވާތީ މި ވައިރަސް ފެތުރުމުގެ ނުރައްކާ ރާއްޖޭގައިވެސް އެބައޮތް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް އިބްރާހިމް އަފްޒަލްއާއި ހަވާލާދީ އޮންލައިން ނޫސް "ސަން" އިން ރިޕޯޓު ކޮށްފައިވާގޮތުން ރާއްޖޭގައި އާންމު ގޮތެއްގައި އުޅޭ އީޑީސް މަދިރީގެ ސަބަބުން ރާއްޖެއިން ބޭރުން އަންނަ މީހެއްގެ ފަރާތުން ވައިރަސް ފެތުރުމުގެ ފުރުސަތު އެބައޮތެވެ.

އެހެންކަމުން އެންމެހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާ ކުރައްވައި، ގޭގައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ސާފުކޮށް، ފެން ހަރުލާފައި ހުންނަ އެއްޗެހި ނަގައި ސާފުތާހިރުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެއެވެ.