Last Updated: July 1, 23:10
Wednesday, July 1, 2026
ކުޅިވަރު

ކޯބީ ބްރަޔަންޓްގެ މާސްކެއް ނީލަމަކަށް

ފޮޓޯ: ގެޓީ އިމޭޖެސް

ކުރީގެ އެލްއޭ ލޭކާސްގެ ކެޕްޓަން، ކޯބީ ބްރަޔާންޓްގެ މޫނުގައި އަޅާ މާސްކެއް ނީލަމަށް ލައިފި އެވެ.

އެއީ ޗެރިޓީތަކަށް ފައިސާ ހޯދައިދިނުމުގެ މަޤްސަދުގައެވެ. އެ މާސްގެ ފެއްޓޭ އަގަކީ 15،000 އެމެރިކާ ޑޮލަރު ނުވަތަ 12،204 ޕައުންޑްއެވެ.

ބްރަޔާންޓް އެ މާސްކް އަޅާފައިވަނީ 2012 ވަނަ އަހަރުގެ އޯލް-ސްޓާ ގޭމްގައި އޭނާގެ ނޭފަތް ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ. އެ ގޭމްގައި އޭނާ ވަނީ އޯލް-ސްޓާގެ ލީޑިން ސްކޯރާގެ މަޤާމް ހޯދާފައެވެ. އޭނާ އެ މަޤާމް ހޯދީ މައިކަލް ޖޯޑަން ބަލިކުރުމަށްފަހުގައެވެ.

_91761914_bryant-getty

ބްރަޔާންޓް ވަނީ އެ މާސްކް ލޭކާސްގެ ހަތަރު ގޭމްއެއްގައި އަޅާފައެވެ. އެހެންކަމުން އޭނާއަށް ވަނީ "ދަ މާސްކްށް މެމްބާ" ގެ ލަޤަބު ލިބިފައެވެ.

ނީލަން ކުރާ ކުންފުނިން ބުނާ ގޮތުގައި އެ މާސްކްއަކީ "ހޯލް އޮފް ފޭމް"އަށް އަރާވަރުގެ އެއްޗެއް ކަމަށާއި، ޤައުމީ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ކޮންމެ ފޭންއެއްވެސް އެ މާސްކް އަސްލުކޮށް ހަމަލޮލުން ފެނުމުން ހައިރާންވާނެ ކަމަށެވެ.

ބްރަޔާންޓް ވަނީ އޭނާ ހަމަ އެ ސީޒަންގައި އެޅި އެހެން މާސްކްއެއް ނީލަން ކޮށްފައެވެ. އެ މާސްވަނީ 67،000 އެމެރިކާ ޑޮލަރަށް ވިކިފައެވެ. އަދި އެ ފައިސާ ދިޔައީ ކޯބީ އެންޑް ވެނެސާ ބްރަޔާންޓް ފެމިލީ ފައުންޑޭޝަންއަށެވެ.