Last Updated: July 1, 23:10
Wednesday, July 1, 2026
މުނިފޫހިފިލުވުން

"ފޯލްޓް އިން އަވާ ސްޓާސް" ގެ ބަތަލާ ހައްޔަރުކޮށްފި

އެމެރިކާގެ ފިލްމް އެކްޓްރެސްއެއް ކަމަށްވާ ޝެއިލީން ވުޑްލީ އިތުރު 27 މީހުންނާ އެކު ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރު ކުރީ އުތުރު ޑަކޯޓާގައި ތެޔޮ ހޮޅި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދެއްގައި އޮތް މުޒާހަރާއެއްގައި ބައިވެރިވަނިކޮށެވެ.

"ދަ ފޯލްޓް އިން އަވާ ސްޓާސް" ގައި ހަރަކާތްތެރިވި 24 އަހަރުގެ ވުޑްލީގެ މައްޗަށް ވަނީ ހުއްދަ ނެތި ވަނުން މަނާ ސަރަހައްދަކަށް ހުއްދަ ނެތި ވަން ކަމަށާއި ހަމަނުޖެހުމުގައި ބައިވެރިވި ކަމުގެ ދައުވާ ކޮށްފައި ކަމަށް މޯޓަން ކައުންޓީ ޝެރިފް އޮފީހުގެ ތަރުޖަމާނު ރޮބް ކެލާ ބުނެއެވެ.

އޭނާ ވަނީ އޭނާ ހައްޔަރު ކުރި މަންޒަރު ވީޑީއޯކޮށް، ސޯޝަލް މީޑިއާގައި އޭނާ ފޮލޯ ކުރާ އެއް މިލިއަންއަށް ވުރެ ގިނަ މީހުންނާއި އެ ވީޑިއޯ ހިއްސާކޮށްފަ އެވެ.