Last Updated: May 16, 18:07
Thursday, May 16, 2024
ޚަބަރު

ސޯބެ ތިން ވަނަ ދައުރަަކަށް ކުރިމަތިލައްވަނީ

ތިން ވަނަ ދައުރަކަށް ވެސް އައްޑޫ ސިޓީ ކައުންސިލަށް ވާދަ ކުރައްވަން މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ނިންމަވައިފި އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ތާއިދާ އެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށެވެ.

ސޯބެ ކައުންސިލްގެ ތިން ވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާން ނިންމި އިރު، އޭނާއަކީ ފުރަތަމަ ދައުރާއި މިހާރު ހިނގަމުންދާ ދައުރުގައި ވެސް މޭޔަރުކަން ކުރައްވަމުން ގެންދަވާ ކައުންސިލަރެވެ.

މިހާރު ކައުންސިލްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރިއަށް ދައުރަަށް ކުރިމަތިލައްވާނެ ކަމަށް ދެން ވިދާޅުވެފައި ވަނީ ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު (އައްދު) އެވެ.

އޭނާ ކައުންސިލަށް ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގައި ކަމަށް ވިޔަސް، ފަހުން ވަނީ ޕީޕީއެމަށް ސޮއި ކުރައްވައިފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަަކަށް މި މަހުގެ 26 ވަނަ ދުވަހު ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.

އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 14 ގަ އެވެ.