Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ހުޅުދޫގައި މަސް ރޭހެއް ބާއްވަނީ، އިނާމު އޮންނާނެ

ކުރިއަށް އޮތް މަސްވެރިންގެ ދުވަހާ ދިމާކޮށް ހުޅުދޫގައި މަސް ރޭހެއް ބާއްވަން ނިންމައިފި އެވެ.

ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވިދާޅުވީ މި މަސް ރޭހަކީ ރައްޔިތުންގެ މަޖިލީހުގެެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) އިސް ނެންގެވުމަކަށް ބާއްވާ ރޭހެއް ކަމަށެވެ.

ރޭހުން އެއް ވަނަ އަށް ދާ ފަރާތަކަށް 8،000ރ. ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެެވެ.

ދެވަނަ އަށް ދާ ފަރާތަކަށް 5،000ރ. އަދި ތިން ވަނަ އަށް ދާ ފަރާތަކަށް 3،000ރ. ލިބޭނެ އެވެ.

އަދި މީގެ އިތުރުން ވެސް ރޭހުގައި ބައިވެރިވާ ފަރާތްތަކަަށް ބޮޑެތި އިނާމްތަކެއް ލިބިގެން ދާނެ ކަމަށް އައްދު ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހު ބާއްވާ މަސް ރޭސް އޮންނާނީ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ޑިސެމްބަރު 10 ގަ އެވެ.