Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

އާ ދެ ޖަނެރޭޓަރު އައްޑު އަށް ގެނެސްފި

ސްޓެލްކޯގެ ހަރަދުގައި ގަނެފައިވާ ދެ މެގަވޮޓްގެ ދެ ޖަނެރޭޓަރު އައްޑު އަށް ގެނެސްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދެ މެގަ ވޯޓުގެ ދެ އިންޖީނު އައްޑޫއަށް ގެނެސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

އަދި މިހާރު ޖަނެރޭޓަރުތައް ހިތަދޫގައި ހުންނަ މަރުކަޒީ އިންޖީނުގެ އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސްޓެލްކޯ އިން އައްޑު އަށް ފޮނުވި ދެ ޖަނެރޭޓަރަކީ މިދިޔަ އަހަރު އެ ކުންފުނިން އައްޑޫން ގެންދިޔަ ދެ ޖަނެރޭޓަރުގެ ބަދަލުގައި ފޮނުވި އެއްޗިއްސެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން މިދިޔަ އަހަރު އައްޑު އަށް ގެނައި ޖަނެރޭޓަރުތައް މާލެ ގެންދިޔައީ މިނިވަން 50 ގެ ހަރަކާތްތަކާ ދިމާކޮށެވެ.

viber-image

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންމެ ދުވަހަކު ގަޑިއެއްހާ އިރަށް އެކި ވަގުތުތަކުގައި ކަރަންްޓް ކަނޑަމުންދާތީ މިހާރު ވަނީ މަހެއްހާ ދުވަސްވެފަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ދާދިފަހުން ވިދާޅުވެފައިވާ ގޮތުގައި ސްޓެލްކޯގެ ޚަރަދުގައި ގެނައި 2 ޖަނެރޭޓަރު އިންސްޓޯލް ކުރަން ޖެހެނީ ސީ ވޯޓާ ކޫލިންގް ސިސްޓަމަކާ އެއްކޮށް ކަމަށްވާތީ އެ މަސައްކަތް ނިމުމުން ޖަނެރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް އައްޑޫގައި ފެށިގެން ދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ސީ ވޯޓާ ކޫލިންގް ސިސްޓަމް ގާއިމް ކުރުމަށް ބޯ ހޯލް ތޮރުފުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށާއި އެއްބަސްވުމުގައިވާ ގޮތުން 140 ދުވަސް ތެރޭގައި އެމަސައްކަތް ނިމޭނެ ކަމަށެވެ.