Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމައިފި

ކޮމަންވެލްތުން ދިވެހި ރާއްޖެ ވަކިވުމަށް ދާދި ދެންމެއަކު ސަރުކާރުގެ ކެބިނެޓުން ނިންމައިފި އެވެ.

ކޮމަންވެލްތުން ވަކިވިކަން ރަސްމީ ގޮތުން ރައްޔިތުންނަށް އެންގުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހުގައި މިއަދު ބާއްވާ ޕްރެސް ކޮންފަރެންސެއްގައި ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިނިންމުމަށް ތާއީދުކޮށް ދައުލަތުގެ ކެބިނެޓުން މިއަދު ވަނީ ރައީސުލްޖުމުހޫރިއްޔާ އަށް ލަފާ އަރުއްވާފަ އެވެ.

ރާއްޖެއިން ކޮމަންވެލްތުން ވަކިވުމަށް ނިންމާފައިވަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި މިދިޔަ މަހުގެ 23 ގައި ރާއްޖެ ހިމަނައި، ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ވިސްނާނެ ކަމުގެ އިންޒާރު ވަނީ ދީފައި ވަނިކޮށެވެ.

ރާއްޖެ ކޮމަންވެލްތުގެ މެމްބަރަކަށް ވީ 1982 ގަ އެވެ.

head-of-the-commonwealth

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ އެ ޖަމިއްޔާއިން ވަކިވާން ޖެހުނީ ރާއްޖޭގެ ދާހިލީ ކަންކަމާއި އެތެރޭގެ މައްސަލަތަކަށް ނުފޫޒު ފޯރުވާ އިންސާފުން ބޭރުން އަމަލު ކުރަމުން ދާތީ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ޔޫއެން އާއި ކޮމަންވެލްތުގެ ޗާޓާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖެ ފަދަ މިނިވަން ކޮންމެ ގައުމަކީ އެ ގައުމެއްގެ ސިޔާދަތު ހިމާޔަތް ކުރުމުގެ ބާރު ލިބިފައިވާ ބައެއް ކަމަށެވެ.

އަދި ކޯ ވެލިއުސް ގޮތުގައި ކޮންމެ ގައުމެއް ވެސް އެއްގައުމެއް އަނެއް ގައުމަކަށް އިހްތިރާމް ކުރުން ހިމެނޭ ކަމަށް އަނިލް ވިދާޅުވި އެވެ.