Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ތައިލެންޑްގެ ރަސްގެފާނު އަވަހާރަވެއްޖެ

ދުނިޔޭގެ ހުރިހާ އިސްވެރިންގެ ތެރެއިން އެންމެ ގިނަ ދުވަހު ޤައުމެއްގެ ރަސްކަން ކުރެއްވި ތައިލެންޑްގެ ރަސްގެފާނު ބޫމީބޯލް އަދޫލްޔަދޭ 70 އަހަރު ރަސްކަން ކުރުމަށްފަހު އަވަހާރަވެއްޖެއެވެ.

#އުމުރުން 88 އަހަރުގެ ރަސްގެފާނަކީ ގިނަ އަދަދެއްގެ މީހުންގެ ޤަދަރާއި އިޙްތިރާމް ލިބުނު މީހެކެވެ. އެހެންނަމަވެސް ވޭތުވެދިޔަ ފަހު އަހަރުތަކުތެރޭގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާއިގެން އުޅުއްވާފައެވެ. އަދި މާގިނައިން އާންމުންނަކަށްވެސް ނުފެނެއެވެ.

ސިޔާސީ މައްސަލަތަކާއި ގިނަ ބަޤާވާތްތަކެއް ކުރިއަށް ގޮސްފައިވާ ޤައުމެއްގެ ރަސްކަމުގައި އެމަނިކުފާނު ހުންނެވީ ވަރަށް ކެތްތެރިކަމާއިއެކުއެވެ.

އެ ޤައުމުގެ ބޮޑު ވަޒީރު ވިދާޅުވި ގޮތުގައި ދެން ރަސްކަމަށް އަރައިވަޑައިގަންނަވާނީ ކްރައުން ޕްރިންސް މަހާ ވަޗީރަލޫންގްކޯންއެވެ.

ޓީވީ މެދުވެރިކޮށް އާންމު ރައްޔިތުންނާއި މުޚާތަބު ކުރައްވަމުން، ބޮޑު ވަޒީރު ވިދާޅުވީ ރަސްގެފާނުގެ ހަނދާނުގައި އެއް އަހަރުގެ ސުކޫތެއް ތައިލެންޑްއިން ބާއްވާނެކަމަށާއި، އެއްމަސް ދުވަސް ވަންދެން މުނިފޫހިފިލުވުންފަދަ ކަންކަން ވީހާވެސް މަދުކުރަން ޖެހޭނެކަމަށެވެ.

ރަސްގެފާނު އަވަހާރަވުމަކީ ތައިލެންޑްގެ ރައްޔިތުންނަށް ކުރިމަތިވި ވަރަށް ހިތާމަވެރި ދަނޑިވަޅެއް ކަމުގައި ވިދާޅުވަމުން ބޮޑު ވަޒީރު ދެންނެވީ ރަސްގެފާނު މިހާރުވީ ސުވަރުގޭގައި ކަމަށާއި، ރައްޔިތުންގެ ކަންތައްތައް އެހިސާބުން ބައްލަވާ ކަމަށެވެ.

އޭނާ ވަނީ ފަހުން ނުރައްކަލަކަށް ތައްޔާރުވެގެން ތިބުމަށް އިލްތިމާސްކޮށް، ޤައުމީ ސަލާމަތަކީ އެންމެ މުހިންމުކަން ކަމަށް ވިދާޅުވެފައެވެ.

_91913774_mediaitem91913171

_91913170_mediaitem91913168

"ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި ޤައުމުގެ ހުރިހާ ސަރަހެއްދައިވެސް އެންމެން ތިބެންވާނީ ވަރަށް ސަމާލުވެގެން"، އޭނާ ވިދާޅުވިކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

ރަސްގެފާނު އަވަހާރަވީއިރު، 2014 ވަނަ އަހަރުގެ ބަޤާވާތަށްފަހު ތައިލެންޑް އޮތީ މިލިޓަރީގެ ބާރުދަށުގައެވެ.

ރަސްގެފާނު އަވަހާރަވީ ބެންގްކޮކް ހޮސްޕިޓަލް ކައިރީގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހިތާމަ ފާޅުކުރުމަށްޓަކައި އެއްވެފައެވެ.