Last Updated: July 1, 23:10
Wednesday, July 1, 2026
މުނިފޫހިފިލުވުން

ބޮބް ޑިލަން އަށް ނޮބެލް ޕްރައިޒް

LOS ANGELES, CA - FEBRUARY 06: Bob (Photo by Kevin Mazur/WireImage)

އެމެރިކާގެ ލަވަކިޔުންތެރިޔާ ބޮބް ޑިލަންއަށް 2016 ވަނަ އަހަރުގެ ނޮބެލް ޕްރައިޒް ފޯ ލިޓްރޭޗާ ލިބިއްޖެ އެވެ.

އޭނާއަކީ މި ޝަރަފްވެރި އެވޯޑް ލިބުނު އެންމެ ފުރަތަ ލަވަކިޔުންތެރިޔާވެ ސް މެ އެވެ.

މިހާރު އުމުރުން 75 އަހަރުގެ ރޮކް މިއުޒިކްގެ ލަވަކިޔުންތެރިޔާއަށް އެ އެވޯޑް ލިބުނީ އެމެރިކާގެ ލަވަކިޔުމުގެ ސަޤާފަތް ބޭނުންކޮށްގެން އާ ޝާއިރީތައް އުފެއްދުމުންނެވެ.

ނަވާރަ ސަތޭތކަ ނުވަދިހަ ތިން ވަނަ އަހަރު އެ އެވޯޑް ލިބުނު ޓޯނީ މޮރިސަން އަށްފަހު، ދެން އެ އެވޯޑް ލިބުނު ހަމައެކަނި އެމެރިކާގެ ރައްޔިތަކީވެސް ޑިލަން އެވެ. ޑިލަންއަކީ އެކްޓަރެއް އަދި އާޓިސްޓެއްވެސްމެއެވެ.

ރައީސް އޮބާމާ ވިދާޅުވީ އޭނާއަށް އެ އެވޯޑް ލިބުން ވަރަށް ހައްޤުކަމަށެވެ.

"އަހަރެންނަށް އެންމެ ކަމުދާ އެއް ޝާއިރަށް މަރުހަބާ"، އޮބާމާ ޓްވިޓާގައި ޕޯސްޓްކުރިއެވެ.

ސްވިޑިޝް އެކެޑެމީގެ ޕާމަނެންޓް ސެކެޓްރީ ސާރާ ޑޭނިއަސް ބުނީ ޑިލަން އެ އެވޯޑަށް ހޮވުނީ އިނގިރޭސިން ވާހަކަ ދެއްކުމުގެ ސަޤާފަތުގައި އޭނާއަކީ ވަރަށް ގަދަ ޝާއިރަކަށް ވީމާ ކަމަށެވެ.

"54 އަހަރު ވަންދެން އޭނާ ވަނީ އޭނާ އަމިއްލައަށް އަލުން އުފައްދާފައި، އަބަދުވެސް އާ އައިޑެންޓިޓީތައް އުފައްދަމުން"، ސްޓޮކްހޯމްގެ ރިޕޯޓަރުންނާއި މުޚާތަބު ކުރަމުން އޭނާ ބުންޏެވެ.

ޑިލަންވަނީ ލާސް ވޭގަސްގެ ކޮސްމޯޕޮލިޓަން ހޮޓެލްގައި ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ޑިލަންއާއި މި އެވޯޑް ހަވަލު ކުރެވޭނީ ނޮބެލް ޕްރައިޒް އަށް ހޮވުނު އަނެއް 10 ފަރާތްތަކާއިއެކު 10 ޑިސެމްބަރުގައި އޮންނަ ރަސްމިއްޔާތެއްގައިއެވެ. އެ ދުވަހަކީ ނޮބެލް ޕްރައިޒްގެ ފައުންޑަރު އަލްފްރެޑް ނޮބެލް 1896 ވަނަ އަހަރު ނިޔާވި ދުވަހެވެ.