Last Updated: May 3, 20:18
Saturday, May 3, 2025
ކުޅިވަރު

ރޯވިންގެ ދެ އެތުލީޓަކު ތައިލެންޑަށް ފުރައިފި

ޖޫނިއާ ޔޫތު އޮލިމްޕިކް ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ތަމްރީންތަކެއްގައި ބައިވެރިވުމަށް ރޯވިން އެސޯސިއޭޝަންގެ ޓީމެއް ދެ އެތުލީޓުންނާ އެކު ފުރައިފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ބާއްވާ ޖޫނިއާ ޔޫތު އޮލިމްޕިކްސް އަށް ރާއްޖޭން ތައިލެންޑްފައި ތަމްރީނު ހަދާ ދެ އެތުލީޓުންނަކީ ޝަރަފުއްދީން ސްކޫލުގެ ދަރިވަރެއް ކަމަށްވާ ހުސައިން ހުސާާއި ޕޮލިހުގައި ވަޒީފާ އަދާ ކުރާ ހަސަން ޝިޔާން އެވެ.

ތައިލެންޑްގައި ތަމްރީނު ފުރިހަމަ ކުރުމަށް ފަހު އެ މީހުން ރާއްޖެ އަންނާނީ މި މަހުގެ 28 ގަ އެވެ.

ދާދި ފަހުން ވިއެޓްނާމުގައި ބޭއްވި ފަސް ވަނަ އޭޝިއަން ބީޗް ގޭމްސްގައި ވެސް ރޯވިން އެސޯސިއޭޝަންގެ އަށް އެތުލީޓުން ވާދަކޮށްފައިވެ އެވެ.