Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ވައިގެ މިސައިލް އެއްބަސްވުމަކަށް އިންޑިއާ އާއި ރަޝިއާ

ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ދިއްލީއަށް އެޑްވާންސްޑް ވައިގެ ދިފާއީ ނިޒާމެއް ގެނައުމަށްޓަކައި ރަޝިއާއާއި އިންޑިއާއާއި ދެމުދު ހޮނިހިރު ދުވަހު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ކްރެމްލިންގެ އޮފިޝަލަކު ބުނެފިއެވެ.

އެސް-400 ގެ އެ މިސައިލްތަކަކީ މޮސްކޯގެ އެންމެ ތަރައްޤީވެފައިވާ ވައިގެ އުޅަނދުގެ ދިފާޢީ ނިޒާމެވެ.

ޔޫރީ އުޝާކޮވް ބުނިގޮތުގައި އެ އެއްބަސްވުމުގައި ސޮއިކުރެވޭނީ ގޯއާގައި ބާއްވާ ސަމިޓްއެއްގައި ކަމަށެވެ. އެ ސަމިޓްގައި ރަޝިއާގެ ރައީސް ޕޫޓިންއާއި އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރާ މޯދީ ވާހަކަ ދައްކަވާނެއެވެ.

މި ހަފްތާގައި ބަންދުގައި އިންޑިއާގެ ގޯއާގައި ބްރިކްސް ސަމިޓްއެއްވެސް ބޭއްވިގެން ދާނެއެވެ. އެ ސަމިޓްގައި ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ބައިވެރިވާނެއެވެ.

"މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އެސް-400 "ޓްރައަމްފް" އެންޓި މިސައިލް ސިސްޓަމްތަކާއި އެހެނިހެން އެއްޗެހީގެ ޑެލިވަރީގެ އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދާނެ"، އުޝަކޮވް ބުނިކަމަށް ރަޝިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިހަފްތާގެ ކުރީކޮޅުގައި ކްރެމްލިންއިން ބުނި ގޮތުގައި މޯދީއާއިއެކު ކުރާ މަޝްވަރާތަކުގައި ދެޤައުމުގެ ގުޅުމާއި، ވިޔަފާރިއާއި އިޤްތިޞާދީ ގުޅުންތަކާއި ބެހޭގޮތުން ވާހަކަ ދެކެވޭނެ ކަމަށެވެ.

އެސް-400 ގެ މިސައިލްތައް ވަނީ ސީރިއާއަށް ގެންގޮސްފައެވެ. ސީރިއާގައި ރައީސް ބަޝާރު އަލް އައްސަދުގެ ސަރުކާރަށް ތާޢީދުކުރުމުގެ ގޮތުން ރަޝިއާގެ ދިފާޢީ ބާރުތައް ދަނި ޙަރަކާތްތެރިވަމުންނެވެ.

ފިނި ހަނގުރާމަ (ކޯލްޑް ވޯ) ގައި އިންޑިއާއާއި ރަޝިއާގެ ގުޅުން އޮތީ ވަރަށް އެކުވެރިކޮށް ކަމުގައިވިޔަސް، މިހާރު އެ ގުޅުމަށް ވަނީ ބުރޫ އަރާފައެވެ.

2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިއްލީއާއި މޮސްކޯއިން ދަނީ މަޝްވަރާތައް ބާއްވަމުންނެވެ.