އައްޑުއަކީ ސާފު ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް "ނަލަ ފެހި އައްޑޫ" ޝިއާރުގެ ދަށުން އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން އެ ރަށުގެ އިޖުތިމާއީ ބައެއް ސަރަހައްދުތަކުގައި މިއަދު ޑަސްބިންތައް ބަހައްޓައިފި އެވެ.
ޑަސްބިން ބެހެއްޓި ސަރަހައްދުތަކުގެ ތެރޭގައި މަރަދޫ ކުޑަކުދިންގެ ޕާކްތަކާއި ފުޓްސަލް ދަނޑާއި ފަތާ ޓްރެކް ސަރަހައްދު ހިމެނެ އެވެ.

މީގެ އިތުރުން މަރަދޫ ބޮޑޮގޭގެ ގޯތި ތެރޭގަ އާއި އެ ރަށު ބަނދަރާ ދިމާލުގައި ހަދާފައި ހުންނަ ރައްޔިތުންގެ މައިޒާނުގައި ވެސް ވަނީ ޑަސްބިނެއް ބަހައްޓައިފަ އެވެ.

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި ވެސް ޑަސްބިން ބަހައްޓާނެ ކަމަށް ކައުންސިލުން ބުންޏެވެ. އެ ސަރަހައްދު އިއްޔެ ވަނީ ސާފު ވެސްކޮށްފަ އެވެ.

މީގެ ކުރން ވެސް ކައުންސިލާއި އާންމު ބައެއް ފަރާތްތަކުން އައްޑޫގެ ބައެއް ދިމަދިލާމުގައި ޑަސްބިންތައް ބަހައްޓާފައިވެ އެވެ/
އެހެން ނަމަވެސް އެ ތަކެތީގެ ބޭނުން އެދެވޭ ގޮތަކަށް ނުހިފާކަން ފާހަގަކޮށްލެވެ އެވެ.