މަންސްޓާ ރަގްބީގެ ހެޑް ކޯޗު އެންތޮނީ ފޯލީ ކުއްލި ގޮތަކަށް އެ ޓީމް ޕެރިސްގައި އުޅޭ ހޮޓެލްގައި ނިޔާވެއްޖެއެވެ.
42 އަހަރުގެ ފޯލީ ނިޔާވެފައިވަނީ އެ ހޮޓެލްގައި އެއްރޭ ހޭދަކުރުމަށްފަހުއެވެ. އެ ޓީމް އެ ހޮޓެލްގައި މަޑުކޮށްގެން ތިބީ އާދިއްތަ ދުވަހު ރޭސިންގް 92 އާއި ދެކޮޅަށް ކުޅޭ ގޭމްއަށެވެ.
ފޯލީގެ މަރާއި ގުޅިގެން ޔޫރަޕިއަން ޗެމްޕިއަންސް ކަޕް ގޭމް ވަނީ މިހާރު ލަސްކޮށްފައެވެ.
އައިރިޝް ރަގްބީ ފުޓްބޯލް ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާއާއި މަންސްޓާ ރަގްބީއިން އެންތޮނީގެ އާއިލާއަށާއި ރަހުމަތްތެރިންނަށް އެންމެ ފުންމިހުން ހަމްދަރުދީވާކަމަށެވެ.
"މި ހިތާމައިގެ ދަނޑިވަޅުގައި އާއިލާއަށް ޕްރައިވެސީ ދިނުމަށް އެދެން"، އެ ބަޔާނުގައި އޮތެވެ.
ފޯލީ ނިޔާވިއިރު، އޭނާގެ އަނބިމީހާއާއި ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ.
ފޯލޭވަނީ މަންސްޓާގެ ބެކް ރޯއިން އޭނާގެ 13 އަހަރުގެ ކެރިއަރުގައި 201 ފަހަރު ފެނިފައެވެ.
އޭނާ އެންމެ ފުރަތަމަ ކުޅުނު މެޗަކީ 1995 ވަނަ އަހަރު ސްވަންސެއާއާއި ދެކޮޅަށް ހައިނެކެން ކަޕްގައި ކުޅުނު މެޗެވެ.
އޭނާ މަންސްޓާގެ ކޯޗަކަށްވީ 2011 ވަނަ އަހަރުއެވެ.