އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލައި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މިދިޔަ އަހަރުގެ މޭޑޭ މުޒާހަރާއަށް ފަހު މިހާރު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވާފައިވާ އަލީ ވަހީދުގެ މައްސަލަ ޕްރޮސެކިއުޓާރ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުއެވެ. އަދި މިއަދު މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވެއެވެ.
އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލާފައިވާއިރު އެދުވަހުގެ މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އެމަނިކުފާނަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިނިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.
އަލީ ވަހީދު ގެންދަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.