ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި މީހެއްގެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލައިގާ ދަޢުވާކޮށް ދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ ސ. ހިތަދޫ ވަށަގުލިމާގެ، މުޙައްމަދު ދީދީ، 22، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޖެނުއަރީ 17 ވަނަ ދުވަހުގެ ރޭ 22:57 އެހާކަށްހާ އިރު މުހައްމަދު މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާ ތަކެތި ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ކުޑަކަމުދާ ތަކެތި ނުދިން މައްސަލަ އާ ގުޅިގެންނެވެ.
މި މައްސަލަ ތަޙްޤީޤްކޮށް މި މައްސަލައިގައި މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޖެނުއަރީ 30 ވަނަ ދުވަހު އެވެ.