Last Updated: July 1, 23:07
Wednesday, July 1, 2026
ޚަބަރު

އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 19 މީހުން މަރުވެއްޖެ

ފޮޓޯ: ޔޫރަޕިއަން ފޮޓޯ ޕްރެސް އޭޖެންސީ

އިންޑިއާގެ އުތުރުގައި ހުންނަ ހޮސްޕިޓަލެއްގައި އަލިފާން ރޯވުމުގެ ސަބަބުން މަދުވެގެން 19 މީހުން މަރުވެއްޖެ ކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނާ ގޮތުގައި އެ އަލިފާންގަނޑު ރޯވީ އޮރިސާ ސްޓޭޓްގެ ބުބަނޭޝްވަރު ސިޓީގައި ހުންނަ އެސްޔޫއެމް ހޮސްޕިޓަލުގެ ޑައިލިސިސް ވޯޑްގައެވެ.

ގިނަ އަދަދެއްގެ ބަލިމީހުން ވަނީ އެ ސިޓީގެ އެހެން ސިއްޙީ ފަރުވާދޭ ތަންތަނަށް ބަދަލުކުރެވިފައެވެ.

ރޯވި އަލިފާންގަނޑު ނިއްވުމުގައި ގާތްގަނޑަކަށް 120 ފަޔާފައިޓަރުން ބައިވެރިވިއެވެ. ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ވިދާޅުވީ އެ ހާދިސާ ހިނގި ކަމުގެ ޚަބަރު ލިބުމުން އޭނާ ވަރަށް ކަންބޮޑުވިކަމަށެވެ.

"އަހަރެމެންނަށް ހީވަނީ އަލިފާން ރޯވީ ޑައިލިސިސް ވޯޑްގައި ކަރަންޓް ޝޯޓް ވުމުގެ ސަބަބުން ކަމަށް"، އަލިފާން ނިއްވުމުގެ މަސައްކަތް ކުރި އޮފިޝަލް ބިނޯއި ބެހެރާ ބުނިކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކުރެއެވެ.

މި ހާދިސާގައި މަރުވި ގިނަ މީހުން މަރުވެފައިވަނީ ދުމުގެ އަސަރު މާބޮޑަށް ކުރުމުންނެވެ.

_91962265_9f05099c-454c-4fda-bc9a-f94c7317b117

_91962267_e93f9cd7-0774-4744-9b8b-b8f86654a54e

"މި ހާދިސާގައި 19 މަރު އަޅުގަނޑުމެންނަށް ކަށަވަރު ކުރެވޭ"، ބުބަނޭޝްވަރުގެ ފުލުހުންގެ ކޮމާންޑަރު ޔޯގޭޝް ކުރޭނިއާ އޭއެފްޕީއަށް މަޢުލޫމާތު ދިނެވެ. އިތުރު 106 މީހަކަށް ވަނީ މި ހާދިސާގައި އަނިޔާވެފައެވެ.

ފުލުހުންގެ ކޮމިޝަނަރު ބުނި ގޮތުގައި އަނިޔާވި ގިނަ މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، މަރުވި މީހުންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބިރުގަނެފައި ތިބި ބައެއް ބަލިމީހުންނާއި ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ އިމާރާތުގެ ކުޑަދޮރުތަކުން ބޭރަށް ފުންމަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެމީހުން ހުއްޓުވާފައެވެ.

2011 ވަނަ އަހަރުގައި އިރުމަތީ ކޮލްކަތާ ސިޓީގެ ހޮސްޕިޓަލެއްގައި ރޯވި އަލިފާނުގައި 89 މީހުން ވަނީ މަރުވެފައެވެ.