ހަތަރު ދުވަސް ވަންދެން އޭނާގެ ފާހަނާގައި ބާތު ޓަބް ނުވަތަ ބިލިގާ ތެރޭގައި ހައްޔަރުވެފައި އޮތް 86 އަހަރުގެ އަންހެނަކު ސަލާމަތްކޮށްފިއެވެ.
އެއީ އޭނާ ޤަވާއިދުން ކާންދާ ރެސްޓޯރެންޓްގެ ވެއިޓްރެސްއަކަށް އޭނާ މެންދުރު ކާން ނައަންނަކަން ފާހަގަވުމުންނެވެ.
ސައުތުއެންޑް އެކޯއިން ރިޕޯޓް ކުރި ގޮތުގައި ޑޮރީން މެން އޭނާގެ ބާތު ޓަބުގެ ތެރޭގައި ތާށިވުމުން، އޭނާގެ ހަށިގަނޑު ފިނިކަމުން ސަލާމަތްކުރީ އެކިފަހަރު މަތިން ހޫނުފެން އަޅައިގެން ކަމަށެވެ.
ނަސީބު ދިމާކުރިގޮތުން، މޭން ދުވަސްތަކެއް ވަންދެން އޭނާ އާދަކޮށް ކެއުމަށް ދާ ރެސްޓޯރެންޓްއިން ނުފެނުމުން، 39 އަހަރުގެ ވެއިޓްރެސް ސޯނިއާ ކޮންގްރޭވް އެކަމާއިމެދު ކަންބޮޑުވިއެވެ.
އަދި ފުލުހުންނަށް ގުޅައިގެން އައިސް އެ މުސްކުޅި އަންހެން މީހާ އޭނާގެ ބާތު ޓަބްއިން ސަލާމަތް ކުރިއެވެ.