Last Updated: June 26, 19:20
Friday, June 26, 2026
ވިޔަފާރި

ސްރީލަންކަން އީސީގެ ޖަވާބެއްގެ އިންތިޒާރުގައި!

އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރުފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ އިރު މިހާރު އިންތިޒާރު ކުރަމުން ދަނީ އިކޮނޮމިކް ކައުންސިލް (އީސީ) ގެ ހުއްދައަށް ކަމަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިއްޖެ އެވެ.

ކަމުގެ މައުލޫމާތު ދެނެ ހުރި މީހަކު "އައްޑޫ ލައިވް" އަށް ބުނީ ސްރީލަންކަންގެ ދަތުރު ފެށުމަށް އެއާލައިންއާއި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.

އެނގިފައިވާ ގޮތުގައި ގަމާއި ލަންކާ ދެމެދު ދަތުރު ކުރުމުގެ އެންމެ ފަހުގެ ހުއްދަ ދެނީ އިކޮނޮމިކް ކައުންސިލުންނެވެ. އެކައުންސިލް ހުއްދަ ދޭކަން ނުވަތަ ނޫންކަން އަންނަ ބުރާސްފަތި ދުވަހު އެގިގެންދާނެއެވެ.

hjkh

ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރު ފެށުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން އަންނަ އިރު މިކަމުގައި އައްޑޫއަށް ނިސްބަތްވާ ސަރުކާރަށް ތާއިދު ކުރާ މަޖިލިސް މެމްބަރުންގެ ފަރާތުން މާބޮޑު ވާހަކައެއް ދައްކަވާތަން ނުފެނެއެވެ.

ނަމަވެސް ރަންވޭ ބިން ހިއްކަމުން ދިޔަ ދުވަސްވަރު އެސަރަހައްދަށް ވަޑައިގެން މެމްބަރުން އުޅުއްވި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ސްރީލަންކަންގެ ދަތުރު ފެށުމުގެ އިންތިޒާރުގައި އައްޑޫގެ ކުދި ބޮޑު އެންމެން ތިބި އިރު އައްޑޫއަކީ އެސްއީޒެޑްގެ މައިދޮރޯށިކަމަށް ސަރުކާރުން ވަނީ ބުނެފައެެވެ.

އަދި އައްޑޫގައި 5000 ޓޫރިސްޓް އެނދު ގާއިމްކޮށް ދެކުނު ތަރައްގީގެ މައި ހަބަކަށް އައްޑޫ ހައްދަވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ގަމާއި ކޮލަމްބޯގެ ދަތުރު ފެށުމުގެ ހުއްދަ އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ގޮސްފައެވެ. އެހެންވެ ރައްޔިތުން ތިބީ އިކޮނޮމިކް ކައުންސިލްގެ ޖަވާބެއްގެ އިންތިޒާރުގައެވެ.