Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

އިލްޔާސްގެ ހުއްދަ ބާތިލް ކުރުމަކީ ބޮޑު ގެއްލުމެއް:ޑރ. ޖަމީލް

އިލްމު ފެތުރުމަކީ ކުރުން ވާޖިބް ކަމެއް ކަމަށާއި، ޝެއިހް އިލްޔާސްގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާޠިލް ކުރުމަކީ ދިވެހި އިސްލާމީ މުޖްތަމައަށް ފޫނުބުދޭ ވަރުގެ ގެއްލުމެއް ލިބިގެން ދާނެ ކަމަށް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ޝެއިހް އިލްޔާސްގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާޠިލް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ޝެއިހް އިލްޔާޤސް ހުސެއިންއަށްަ ދީފައިވާ ހުއްދަ ބާޠިލް ކޮށްފައި މިވަނީ ނިމިގެންދިޔަ ހުކުރު ދުވަހު ފޭދޫ ހުކުރު މިސްކިތުގައި ދެއްވި ހުޠުބާ އަކާއި ގުޅިގެންނެވެ. އެދުވަހުގެ ހުކުރު ހުޠުބާގައި ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކުގެ އަލީގައި އިލްޔާސް ވަނީ އަގުހުރި ދަރުސެއް ދެއްވާފައެވެ. އެގޮތުން ފާޅުގައި ﷲގެ ހުކުމްފުޅުތަކާއި ހިލާފްވެ، މުންކަރާތްތަކަށް އަރައިގަންނަނަމަ އެބައެއްގެ ތެރޭގައި މުސީބާތްތައް އާއްމުވެ، ކާޑް އަގުބޮޑުވުން ފަދަ ކަންކަން ކުރިމަތިވާނެ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީން ޝެއިހް އިލްޔާސްގެ ހުއްދަ ބާޠިލް ކޮށްފައިވަނީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް އިލްޔާސް ދަރުސް ދެއްވާ ކަމަށް ވިދާޅުވެއެވެ.

ނައިބް ރައީސް ޑރ. ޖަމީލްގެ އިތުރުން އެމްޑީޕީންވެސް ވަނީ ޝެއިހް އިލްޔާސްގެ ހުއްދަ ބާޠިލް ކުރުމާއި ގުޅިގެން ފާޑު ކިޔާފައެވެ.