އާންމުންގެ ހިތްތަކުގައި ބިރުވެރިކަން ގޮތަށް ވަޅިއެއް ހިފައިގެން ސ. ހިތަދޫ މަގުމަތީގައި އުޅުނު މީހެއްގެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލައިގާ ދަޢުވާކޮށް ދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ ހިތަދޫ ސަންރީފް، މުޙައްމަދު މުޢީޒު، 25، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ނޮވެމްބަރު 23، 2012 ވަނަ ދުވަހު 02:20 އެހާކަށްހާ އިރު ހިތަދޫ މަގުމަތީގައި އެއް ފޫޓްގެ ވަޅިއެއް ހިފައިގެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅުނު މައްސައާ ގުޅިގެންނެވެ.
މި މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޖެނުއަރީ މަހު 29 ވަނަ ދުވަހު އެވެ.