Last Updated: June 26, 19:20
Friday, June 26, 2026
ސިޔާސީ

އިލްހާމް އަލުން ޕީޕީއެމާ ގުޅެނީ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ޖުމްހުރީ ޕާޓީ ދޫކޮށް އަލުން ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރުކަން ކުރައްވަމުން އަންނަ އިލްހާމް ޖުމްހުރީ ޕާޓީ ދޫކޮށް ޕީޕީއެމްއާއި ގުޅިވަޑައިގެނެވުމަށް ނިންމަވާފައިވަނީ ޕީޕީއެމްގައި ދެ ފެކްޝަން ހެދި ފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންއަށް އެއްބާރުލުން ދެއްވުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

އިލްހާމްއަކީ ޕީޕީއެމް އުފެއްދެވުމަށް ބުރަކޮށް މަސަައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ޕީޕީއެމް ފުރަތަމަ ނައިބް ރައީސްކަން ވެސް އިލްހާމް ވަނީ ފުރުއްވަވާފައެވެ.