Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

"އައްޑޫ ގްރީން ސްކޫލް އިނިޝިއޭޓިވް" ފަށަން ތައްޔާރު

އައްޑޫ ސިޓީ ކައުންސިލްގެ އިސްނެގުމަކަށް ކުރިއަށް ގެންދާ "އައްޑޫ ސިޓީ ގްރީން ސްކޫލް އިނީޝިއޭޓިވް" ގެ ނަމުގައި ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްގެ ޕައިލެޓް ޕްރޮޖެކްޓް ފޭދޫ ސްކޫކްގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ކައުންސިލުން ބުނީ މި ޕްރޮގްރާމް ގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް މީހުން ހޭލުންތެރި ކުރުމާއި ސްކޫލްތަކުގައި ކުނި މެނޭޖް ކުރާ ގޮތް ރަނގަޅު ކުރުމާއި އަދި ތިމާވެށީގެ ރައްކާތެރިކަން ދަމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމުގެ އިތުރުން މުޖްތަމަޢުއަށް މިކަންކަން ދަސްކޮށްދޭ ނަމޫނާ މިސާލުތަކަކަށް ސްކޫލްތައް ހެދުން ކަމަށެވެ.

މިކަންކަން ހާސިލް ކުރުމަށްޓަކައި ކަނޑައެޅިފައިވާ ލަޅުދަނޑި ތަކުގެ ތޭރޭގައި ކުނި އުފައްދާ މިންވަރު ވީހާ ވެސް މަދުކޮށް، އުފެދޭ ކުނި އަލުން ރިސައިކަލް ކުރުމާއި ކުނި އަލުން ފައިދާ ކުރުވަނި ގޮތެއްގައި ބޭނުން ކުރެވޭނެ ގޮތްތައް ހޯދުން ހިމެނެ އެވެ.