Last Updated: July 1, 23:07
Wednesday, July 1, 2026
ޚަބަރު

އައިއެސް އިން ހައްޔަރީން މަރަން ދެ ކުދިން ބޭނުންކޮށްފި

ފޮޓޯ: ޑެއިލީ މެއިލް

އައިސިސްއިން ދެ ކުޑަކުދިންނަށް މަޖްބޫރު ކުރުމަށް ފަހު އެ ކުދިން ލައްވައި ޖާސޫސް ކުރި ކަމުގެ ތުހުތަމުގައި ހައްޔަރުކޮށްފައިވާ ދެ މީހުން މަރާލައިފި އެވެ.

އެ ދެ ފިރިހެނުން އެކުދިން މަރާލީ އެމީހުންގެ ބޮލަށް ބަޑިޖަހައިގެންނެވެ.

397b596f00000578-0-image-a-23_1476790855578

އުތުރު އިރާޤުގެ ސަރަހައްދެއްގައި ތުހުމަތު ކުރެވުނު ދެ ފިރިހެނުން ކަކޫ ޖަހައިގެން ބިންމަތީގައި ތިބުމަށް މަޖުބޫރު ކުރުވިއެވެ. އެއަށްފަހު ބަލާބެލުމަށް ގާތްގަނޑަކަށް އުމުރުން 12 އަހަރުހެން ހީވާ ވަރުގެ ދެ ފިރިހެން ކުދިން އެމީހުންގެ ބޮލާއި ދިމާލަށް ބަޑި އަމާޒްކުރިއެވެ.

ދެން ފެނުނު ހައިރާންކުރުވަނިވި ފޮޓޯތަކުން ފެންނަނީ އޮރެންޖު ކުލައިގެ ހެދުމުގައި ތިބި އެ ދެމީހުން، ބިންމަތީގައި މަރުވެފައި އޮތް ތަނެވެ.

397b595700000578-0-shocking_pictures_then_show_the_two_prisoners_dressed_in_orange_-a-24_1476790877603

އެމީހުން މެރުމަށް ހަވާލުކުރެވުނު ކުޑަކުދިން ތިބީ ސިފައިންގެ ހެދުމުގައެވެ. އަދި ފެހި ކުލައިގެ ތޮފިއާއި ބަޑި އެކުދިންގެ އަތުގައި ހުއްޓެވެ.

ބަޑިޖެހުމުގެ ކުރިން، އިދިކޮޅު ކޯލިޝަންއަށްޓަކައި ޖާސޫސް ކުރިކަމުގެ ތުހުމަތު ކުރެވުނު ދެ ފިރިހެނުންގެ ފަހަތުގައި އެކުދިން ބަޑި އަމާޒްކޮށްގެން ތިބިއެވެ.

މިއީ އައިސިސްއިން އެފަދަ އިހާނެތި ޢަމަލުތައް ކުރުމަށް ކުޑަކުދިންނަށް އަމުރުކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

މި އަހަރުގެ އޮގަސްޓް މަހުގައި އައިސިސް އިން ނެރުނު ވީޑިއޯއަކުން ފެނުނީ އިނގިރޭސިވިލާތުގެ ފިރިހެން ކުއްޖަކާއި އަދި އެހެން ހަތަރު ކުޑަކުދިން، ސީރިއާގެ ރައްޤާގައި ފިރިހެނުންތައް މަރާ މަންޒަރެވެ.