Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މަސްތުވާތަކެތި ވިއްކަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި

ސ. ހިތަދޫގައި މަސްތުވާތަކެތި ވިއްކަން އުުޅުނު ކަމަށް ބެލެވޭ ބަޔަކު އެފަދަ ތަކެއްޗާ އެކު ފުލުހުން އަތުލައިގެންފި އެވެ.

"އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ތެރޭގައި މަސްތުވާތަކެތީގެ ވިއްކުމުގައި ހަރަކާތްތެރި ވަމުން ދަނިކޮށް ހައްޔަރުކޮށްފައި ވަނީ ތިން މީހަކު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން ހައްޔަރު ކުރީ ހުކުރު ދުވަހުގެ ރޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ެއެހެން ނަމަވެސް އެ މީހުންނާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކޮށް، އެ މީހުން ތިބި ފަޅު ގޭތެރެ ފާސް ކުރަމުން ދަނިކޮށް އެގޭ ތެރެއިން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ތިން މީހުން އަތުލައި ގަތުމުގައި ހިތަދޫގެ އާންމުންގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކުގައި ކަމަށް ފުލުހުން ބުންޏެވެ.