ތިލަފުށީ ބޭރުގައި އޮތްވާ މިދިޔަ އަންގާރަ ދުވަހު ރޯވި ބަރޯސާ ބޯޓުގެ ތެރެއިން އަނދާފައިވާ އިންސާނެއްގެ ކަށި ފެނިފައިވާ ކަމަށް ބޯޓުގެ އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުހައްމަދު ވިދާޅުވީ ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ހެނދުނު 9 ޖަހާއިރު މުޅިން ނިއްވާލައިފާ ކަމަށެވެ.
ބޯޓުގެ ތެރެއިން އަނދާފައިވާ އިންސާނެއްގެ ކަށިފެނިފައިވާ ކަމަށެވެ. އަދި އެކަށިތައް ތަހްގީގު ކުރުމަށް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް އަދުނާން ވިދާޅުވިއެވެ.
ބަރޯސާ ބޯޓުގައި އަލިފާން ރޯވި އިރު 19 ފަޅުވެރިން ތިބިކަމަށް ބޯޓުގެ ފަޅުވެރިން ބުނެއެވެ. ނަމަވެސް ސަލާމަތްވީ 18 މީހެކެވެ. އޭގެ ތެރެއިން އެކަކު ވީނުވީ އެއް ނޭގިފައިވާ އިރު ސަލާމަތްވި ފަޅުވެރިން ބުނީ ގެއްލުނު ފަޅުވެރިޔާ އަލިފާންގަނޑު ތެރޭގައި ތާށިވީ ކަމަށެވެ. މިހާދިސާގައި ގެއްލިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.
ބަރޯސާ ބޯޓަކީ ކުރިން މިފްކޯއިން ބޭނުން ކުރުމަށްފަހު އަމިއްލަ ފަރާތަކަށް ވިއްކާލާފައިވާ ބޯޓެކެވެ.