Last Updated: July 1, 23:07
Wednesday, July 1, 2026
ރިޕޯޓް

ވަޓްސްއަޕުން ވީޑީއޯ ކޯލް ތައާރަފްކޮށްފި

ގިނަ ދުވަސްތަކެއް ވަންދެން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ވީޑިއޯ ކޯލް ކުރުމުގެ ފީޗާ ވަޓްސްއަޕުން ތަޢާރަފްކޮށްފި އެވެ.

އެހެން ނަމަވެސް، މިހާތަނަށް އެ ފީޗާ ބޭނުން ކުރެވެނީ ހަމައެކަނި ވިންޑޯސް ފޯން ބޭނުންކުރާ ފަރާތްތަކަށެވެ.

ރިޕޯޓްތައް ބުނާގޮތުން ވަޓްސްއެޕްގެ އެންމެ ފަހުގެ އަޕްޑޭޓާ އެކު އެ ފީޗާ އޮޓޯމެޓިކުން ލިބެ އެވެ.

ވީޑިއޯ ކޯލްއެއް ކުރުމަށްޓަކައި މީހަކަށް ގުޅާއިރު "ވީޑިއޯ" ނުވަތަ "އޯޑިއޯ" އާއި ދެމެދުން، ވީޑިއޯ ސިލެކްޓް ކުރުމުން ވީޑިއޯ ކޯލް ކުރެވޭނެ އެވެ.

މި ފީޗާއިން ފޯނުގެ ފަހަތު ކެމެރާއާއި ކުރިމަތީ ކެމެރާ ވެސް ބޭނުން ކުރެވެ އެވެ.

whatsapp

މީގެ އިތުރުން، ފޯނެއް އަންނަ ވަގުތު އެ ފޯނަކަށް ޖަވާބު ނުދެވިއްޖެނަމަ، މިސްޑް ކޯލް ނޮޓިފިކޭޝަން ވެސް ލިބިގެން ދާނެ އެވެ. އެ މިސްވި ކޯލަށް ޖަވާބު ދިނުމަށްޓަކައި ހަމަ އެ ނޯޓިފިކޭޝަންއަށް ފިއްތާލުމުން ގުޅިގެން ދާނެ އެވެ.

އެންޑްރޮއިޑާއި އައިއޯއެސް އަށް އެ ފީޗާ ތަޢާރަފް ކުރެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.

އެހެން ނަމަވެސް މިހާރު އެ ފީޗާ ވިންޑޯސް ފޯންތަކަށް ލިބުމަކީ ކުރިއަށް އޮތްތަނުގައި އެންޑްރޮއިޑާއި އައިއޯއެސް އަށް ވެސް އެ ފީޗާ ތަޢާރަފް ކުރެވިގެން ދާނެ ކަމުގެ އުންމީދެކެވެ.